ރާއްޖެ ކުޅިވަރު

ކޮލިފައިންގެ ފުރަތަމަ މެޗުގައި ރާއްޖެއާ ދެކޮޅަށް ނޭޕާލް

Jan 18, 2017
2

ރާއްޖޭގައި މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ވިމެން ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ނޭޕާލް ވާދަ ކުރަން ޖެހިއްޖެ އެވެ.

މުބާރާތުގައި ދެން ބައިވެރިވެފައިވަނީ އީރާން އެވެ.

މި މަހު 27 އިން 29 އަށް ކުރިއަށް ގެންދާ މި މުބާރާތުގެ 28 ވަނަ ދުވަހު ކުޅޭނީ ނޭޕާލާއި އީރާނެވެ. އަދި ތިން ވަނަ މެޗުގައި އޮންނާނީ ރާއްޖެއާ ނޭޕާލެވެ.

މުބާރާތުގެ ތިން މެޗުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ދާނީ އޭޝިއާގެ ކޮލިފައިންގެ އަނެއް ބުރަށެވެ.

މުބާރާތުގައި ވާދަ ކުރަން އީރާން އާއި ނޭޕާލް ރާއްޖެ އަންނަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.

މުބާރާތުގެ އިންތިޒާމު ތަކަށް ވީއޭއެމުން ވަނީ ކޮމިޓީ އެއް އެކުލަވާލާފަ އެވެ. ކޮމިޓީގެ ޗެއަމަން ކަމަށް ކަނޑައަޅާފައި ވަނީ ވޮލީކޯޗް މުހައްމަދު ޝަރަފެވެ.