ރާއްޖެ ކުޅިވަރު

ކުޑަ އިމްރާން ވިކްޓަރީ އަށް ސޮއި ކޮށްފި

Jan 19, 2017

މިދިޔަ ސީޒަންގައި ޓީސީގެ ގޯލް ބެލެހެއްޓި މުހައްމަދު އިމްރާން (ކުޑަ އިމްރާން) ވިކްޓަރީ އަށް ސޮއިކޮށްފި އެވެ.

އޭނާ ވިކްޓްރީ އަށް ސޮއި ކުރިއިރު، އެޓީމުން ވަނީ މިދިޔަ ސީޒަންގައި، ޔުނައިޓަޑް ވިކްޓަރީގައި މޮޅު ކުޅުމެއް ދެއްކި، ސީރިޔާގެ ގައުމީ ޓީމު ކީޕަރު މުހައްމަދު އަލް ޔޫސުފް ގެނެސް ފައެވެ.

ކުުޑަ އިމްރާން ވިކްޓަރީ އަށް ސޮއި ކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

މިދިޔަ ދެ އަހަރަކީ ރާއްޖޭގެ ޓީމުތަކުގައި ބިދޭސީ ކީޕަރުން ގިނަ އަދަކަށް ކުޅުނު ދެ އަހަރެވެ. ފުރަތަމަ ޑިވިޝަންގެ އަށް ޓީމުގެ ތެރެއިން ހަތަރު ޓީމުގެ ގޯލް ބަލަހައްޓާފައި ވަނީ ބިދޭސީ ކީޕަރުން ނެވެ. މިދިޔަ އަހަރަށް ވުރެ މިއަހަރު ބިދޭސީ ކީޕަރުންގެ އަދަދު ވަނީ އިތުރު ވެފަ އެވެ.

ވިކްޓަރީގެ ފުރަތަމަ 11 އިން ޖާގަ ހޯދުމަށް ވެސް އިމްރާން ވާދަ ކުރަން މިޖެހުނީ ބިދޭސީ ކީޕަރަކާ އެވެ.

މީގެ ކުރިން އަވަސް އަށް ދިން އިންޓަވިއު އެއްގައި އިމްރާން ބުނީ ބިދޭސީ ކީޕަރުންނާ ވާދަ ކޮށްގެން ފުރަތަމަ 11 އިން ޖާގޯ ހޯދަން ޖެހުނަސް އޭނާ ހިތްވަރަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އިމްރާން އަކީ ރާއްޖޭގެ ގައުމީ ޓީމުގެ ވެސް ރިސާވް ކީޕަރެވެ.