ރާއްޖެ ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕް މާޗް 15 ގައި، ބައިވެރިވާން ހުޅުވަލައިފި

Jan 21, 2017

އަތޮޅުތަކަށް ހާއްސަ ކޮށް އެފްއޭއެމުން ބާއްވާ، މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މާރޗް މަހު 15 ގައި ބޭއްވުމަށް ހަމަޖައްސައި މުބަރަތުގައި ބައިވެރި ވުމަށް ހުޅުވާލައިފި އެވެ.

މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަހެއް ކަމުގައި އެފްއޭއެމުން ކަނޑައަޅާފައި ވަނީ މިމަހު 29 ގެ ނިޔަލަ ށެވެ.

އެފްއޭއެމުން ނެރެފައިވާ ބަޔަނެއްގައި ބުނެފައިވަނީ، ކޮންމެ އަތޮޅަކުން ދެ ޓީމަށް ވުރެ ގިނައިން ބައިވެރި ވެއްޖެނަމަ، އަތޮޅު ބުރު ކުޅޭނީ އެފްއޭއެމުން ކަނޑައަޅާ ވަކި ރަށެއްގަ އެވެ. ދެ ޓީމު އެކަނި ބައިވެރިވެއްޖެނަމަ ކުޅެނީ ހޯމް އެންޑް އަވޭ އުސޫލުން އެ ދެ ރަށުގަ އެވެ.

އެފްއޭއެމުން ކަނޑައަޅާފައި ވަނީ އަތޮޅު ބުރައި ޒޯން ބުރު، މުބާރާތް ފަށާތާ އެއް މަސް ތެރޭ ނިންމު މަށެވެ.

އެފްއޭއެމުން މިއަހަރު މުބާރާތަށް ވެސް ކަނޑައަޅާފައި ވަނީ، 21 އަހަރު ދަށުންގެ ހަތް ކުޅުންތެރިން ޓީމުގެ ސްކޯޑުގައި ހިމަނަން ޖެހޭ ގޮތަށެވެ.

އޭގެ ބޭނުމަކީ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ތަނަވަސް ކޮށްދިނުމެވެ. މިދިޔަ އަހަަރު މިނިވަން ޗެމްޕިއަންޝިޕް ކާމިޔަބު ކުރީ ބ. އޭދަފުށީ ޓީމެވެ.