ރާއްޖެ ކުޅިވަރު

ފުރަތަމަ ފަހަރަށް ބިލިއަޑްގެ މޮޅު ކުޅުންތެރިޔާ ހޮވަނީ

Jan 21, 2017
1

ފުރަތަމަ ފަހަރަށް ބިލިއަޑްގެ މޮޅު ކުޅުންތެރިޔާ ހޮވުމަށް، ބިލިއަޑް ނައިޓެއް ބޭއްވުމަށް ބިލިއަޑް އެސޯސިއޭޝަނުން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމުގެ އިތުރަށް ގައުމީ ޓީމު އިއުލާން ކުރުމަށް ބާއްވާ ބިލިއަޑް ނައިޓް އޮންނާނީ މިއަންނަ އަންގާރަ ދުވަހު ރޭ ކަސްޓަމްސްގެ މީރު ބަހުރުގެ މާލަމުގަ އެވެ.

ބިލިއަޑް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ބިޝާރު ވިދާޅުވީ މި އަހަރުން ފެށިގެން ރާއްޖޭގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާ ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މީގެ ކުރިން މޮޅު ކުޅުންތެރިޔާއެއް ނުހޮވަން ރޭންކިންގެ އެންމެ މަތީގައި އުޅޭ ކުޅުންތެރިޔަކު ބަލަނީ އެއް ވަނަ ކުޅުންތެރިޔާ ގޮތަށް ނަމަވެސް އެވޯޑެއް ނުދޭ، ނމަަވެސް މި ދިޔަ އަހަރުގެ މުބާރާތްތަކުގެ ނަތީޖާ ތަކަށް ބެލުމަށްފަހު އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް މިވަނީ ނިންމާފަ." ބިޝާރު ވިދާޅުވި އެވެ.

މޮޅު ކުޅުންތެރިޔާގެ އިތުރަށް ޕޫލް ބިލިއަޑްގެ އެއް ވަނަ ކުޅުންތެރިޔާގެ އެވޯޑް ހޮވުމަށް ވެސް ވަނީ ނިންމާފަ އެވެ.