ރާއްޖެ ކުޅިވަރު

ބޮޑު އަށް ކުލަބަށް ފައިސާ ދިނުން އަންނަ މަހު

ފުރަތަމަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް ތިން މިލިއަން ރުފިޔާ ދިނުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެފައިވާ ވައުދުގެ ދަށުން، ފުރަތަމަ ކްއާޓާގައި ކުލަބުތަކަށް އަންނަ މަހު ފައިސާ ދުކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އަވަސްއާ ވާހަކަ ދައްކަމުން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ) ވިދަޅުވީ މި ހަފުތާ ތަރޭގައި އަށް ކުންފުންނާއެކު، ހުރިހާ އެއްބަސްވުންތަކެއް ހަދާ ނިމެނޭ ކަމަށެވެ.

"ފައިސާ ދޭނެ އަށް ކުންފުނިވެސް މިހާރު ވަނީ ހަމަޖެހިފަ، ފައިސާ ދޫކުރުމުގެ ޓާމްސް ތައް ފައިނަލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް އެ މަސައްކަތް މިހަފުތާ ތެރޭގައި ނިންމާ ލެވޭނެ،" ޖަވާ ވިދާޅުވި އެވެ.

އޭނާ ވިދަޅުވީ ފައިސާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަތަރު ކްއާޓާ އަށް ބަހާލައިގެން ކަމަށެވެ.

މީގެ ކުރިން އަވަސް އަށް ދެއްވި އިންޓަވިއު އެއްގައި އެފްއޭއެމްގެ ރައިސް ބައްސާމް ވިދަޅުވީ ކޮންމެ ކްއާޓާއެއްގައި ވެސް ފައިސާ ދޫކުރުމަށްފަހު، އަނެއް ކްއާޓާ ކުރިން، އެ ކްއާޓާއެއްގައި ދޫކުރި ފައިސާ ހޭދަ ކުރި ގޮތުގެ ތަފުސީލު ރިޕޯޓް އެފްއޭއެމް އަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެ ފައިސާއިން އެފްއޭއެމުން ކަނޑައަޅާ ފައިވާ ބައެއް ކަންކަމަށް ވަކި އަދަދެއް ހޭދަ ކުރުމަށް ވެސް އެފްއޭއެމުން ވަނީ ހަމަޖައްސާފަ އެވެ.

ޖަވާ ވިދާލުވީ ކުންފުނިތަކާއެކު އެއްބަސްވުމަކަށް އައުމުން، މިވެނި ކުލަބަކަށް ފައިސަ ދެނީ ކޮން ކުންފުންޏެއް ކަން ކަނޑައަޅާނީ ގުރު ލައިގެން ކަމަށެވެ.

"ކޮންމެ ކްއާތައެއްގައި ދޭނެ ފައިސަގެ އަދަދު ކަނޑައަލާނީ، ކުންފުންޏާ ކުލަބާ އެއްބަސްވުމަށްފަހު، އެ އެއްބަސްވާ އަދަދެއް."

ދެ ވަނަ ޑިވިޝަންގެ ކުލަބުތަކަށާއި ތިން ވަނަ ޑިވިޝަންގެ ގަދަ ފަސް ކުލަބަށްވެސް ފައިދާ ދިނުމަކީ ބައްސާމްގެ ވައުދެކެވެ. އެ ދެ ޑިވިޝަނަށް ފައިސާ ދޫކުރަނީ އެފްއޭއެމްގެ ބަޖެޓުން ނެވެ.