ވިޔަފާރި

ޑައިވް ފެއާއެއްގައި ރާއްޖެއިން ބައިވެރިވެ ބޮޑު މަގުބޫލުކަމެއް

Jan 23, 2017

ފީނުމާ ގުޅުންހުރި ޓޫރިޒަމް ވިޔަފާރިތަކަށް ބާއްވާ ހާއްސަ ފެއާއެއް ކަމަށްވާ "ބޫޓް ފެއާ" ގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބައިވެރި ވެއްޖެ އެވެ.

އެމްއެމްޕީއާރްސީ އިން ބުނީ މިއަދުން ފެށިގެން އަންނަ ހަފުތާގެ އާދީއްތަ ދުވަހުގެ ނިޔަލަށް ޖަރުމަނުގެ ޑިސިލްޑޯފްގައި ކުރިއަށް ދާ މި ފެއާގައި ރާއްޖޭގެ ހަ ކުންފުންޏަކުން 14 މީހަކު ބައިވެރިވެ އެވެ. ދިވެހި ވަފުދުގައި އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު އެވެ.

އަހަރަކު އެއް ފަަހަރު ބާއްވާ "ބޫޓް ފެއާގައި" ޑައިވިން އާއި މޫދު ކުޅިވަރުތަކުގައި ބޭނުންކުރާ ސާމާނާއި ލަގްޒަރީ ޔޮޓުގެ އިތުރުން، ޑައިވް ކުރަން އެންމެ ރަނގަޅު ތަންތަން ވެސް އިޝްތިހާރު ކުރެ އެވެ. މިފެއާގައި 51 ގައުމަކުން 200،000 އަށް ވުރެ ގިނަ މީހުން 2015 ވަނަ އަހަރުވެސް ބައިވެރިވި އެވެ.

ޖަރުމަނު ވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. އެ ގައުމުން 106,132 ޓޫރިސްޓުން އައިސްފައިވެ އެވެ.