ކުޅިވަރު

ފަލަސްތީނާއި އޮމާން އަދި ބޫޓާނާއެކު ރާއްޖެ ގުރޫޕް ޑީ ގައި

Jan 23, 2017

އެމިރޭޓްސް ގައި 2019 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕް ކޮލިފައިންގައި އޮމާން އާއި ފަލަސްތީނާއި ބޫޓާނާއެކު ރާއްޖެ ގުރޫޕް "ޑީ" ގައި ހިމެނިއްޖެ އެވެ.

ކޮލިފައިންގެ ފުރަތަމަ މެޗް އޮންނާނީ މާޗް 28 ވަނަ ދުވަހު އެވެ.

ރާއްޖެ ކުޅެންޖެހޭ ފުރަތަމަ މެޗް ގައުމީ ފުޓްބޯޅަ ދަނޑުގައި ގައި ނިކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ. އެ ދުވަހު އޮމާން އަމިއްލަ ދަނޑުގައި ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ.

ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗްތަކުގެ ޝެޑިއުލް

ކޮލިފައިން ބުރުގެ އެންމެ ފަހު މެޗް އޮންނާނީ އަންނަ އަހަރުގެ މާޗު މަހު 27 ވަނަ ދުވަހު އެވެ.

މި ގުރޫޕްގައި ހިމެނޭ ހުރިހާ ޓީމަކީވެސް، މީގެ ކުރިން ރާއްޖެއާ ދެކޮޅަށް ކުޅެފައިވާ ގައުމު ތަކެވެ.

ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ގުރޫޕް ސްޓްޖްގައި ރާއްޖެ ވަނީ ފަލަސްތީނާ ދެކޮޅަށް ކުޅެފަ އެވެ. ނމަވެސް ފަލަސްތީން ސެމީ އަށް ދަތުރު ކޮށްފައި ވުމުން، އެ ޓީމުން ކުޅުނީ ފަސޭހަ މެޗެކެވެ.

ރާއްޖެއިން މިހާތަނަށް ވަނީ އޮމާންއާ ދެކޮޅަށް ހަތް މެޗު ކުޅެފަ އެވެ. އެ ހަތް މެޗުގެ ތެރެއިން ހަ މެޗުން އޮމާން މޮޅުވެފައިވާ އިރު އެއް މެޗު ވަނީ އެއްވަރު ވެފައެވެ. އެއްވަރުވީ ދެހާސް ހަ ވަނަ އަހަރު ވޯލްޑްކަޕް ކޮލިފައިންއިން ޖާގަ ހޯދުމުގެ ގޮތުން ކުޅުނު ޕްލޭ އޮފް ދެ ވަނަ ލެގް މެޗުގައި މަލޭގައި ކުޅުނު މެޗުން ނެވެ. އެ މެޗް ނިމުނީ 1-1 އެއް ވަރުވެގެން ނެވެ.