ކުޅިވަރު

ދުނިޔޭގެ ކްރިކެޓް ލީގްގައި ރާއްޖެ ނުހިމެނުމުން އޭޝިއާ ކަންބޮޑު ވެއްޖެ

Jan 24, 2017
4

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް އައިސީސީ ވޯލްޑް ކްރިކެޓް ލީގް ޑިވިޝަން އެކެއްގައި އޭޝިއާ ޑިވިޝަންގައި ރާއްޖޭ ނުހިމެނުމުން، އޭޝިއާގެ ކްރިކެޓް ކައުންސިލުގެ އިސް ފަރާތްކުން ކަންބޮޑުވުން ފަޅުކޮށްފި އެވެ.

ކްރިކެޓްބޯޑް ރައީސް މުހައްމަދު އަފްލާހް ވިދާޅުވީ، އައިސީސީ ކްރިކެޓް ލީގު މުބާރަތަށް ގުރު ނެގިއިރު ރާއްޖެ އެ ޒޯންގައި ނުހިމެނުމުން އެކަން އައިސީސީގެ ފައިނޭންސާއި ޑާޓާ މެންޖްމެންޓް ޑިޕާޓްމެންޓަށް އެ މަސައްލަ މީގެ ދެ ހަފުތަ ކުރިން ހުށަހަޅާފައި ވާނެ ކަމަށެވެ.

"އައިސީސީ އިން އަޅުގަނޑުމެންނަށް ޖަވާބު ދިފައި ވަނީ ކްރިކެޓް ލީގްގައި ޓީމުތައް ހިމެނުމުގައި ބަލަނީ އައިސީސީގެ ރީޖަނަލް ޑިވެލޮޕްމެންޓް ގައިޑްލައިންސަށް އަމަލު ކުރާ ގައުމުތަކަށޭ، ރާއްޖެއަކީ މިހާރުވެސް އައިއައިސީގެ ރީޖަނަލް ގައިޑްލައިންސް އަށް އަމަލުކުރާ ގައުމެއް، އަޅުގަނޑުމެން ވާނީ ރީޖަނަލް ގައިޑްލައިންސްގެ ދަށުން މިދިޔަ އަހަރު އަޅުގަނޑުމެން ބޭއްވި މުބާރާތްތަކާއި ހިންގި އިވެންޓްތަކުގެ ފަސް ކެޓެގަރީއެއްގެ ރިޕޯޓް ކޮމްޕައިލް ކޮށް އައިސީސީގެ ފައިނޭންސާއި ޑާޓާ މެންޖްމެންޓް ޑިޕާޓްމެންޓަށް ހުށަހަޅާފަ." އަފްލާހް ވިދާޅުވި އެވެ.

އޭގެ ފަހުން އަފްލާހް ވަނީ ސްރީލަންކާގައި ހުންނަ ކްރިކެޓް ކައުންސިލް އޮފީހަށް ވަޑައިގެން އޭޝިއަން ކްރިކެޓް ކައުންސިލްގެ ޑިވެލޮޕްމެންޓް ކޮމިޓީގެ ޗެއާމަން ތިލަންގަ ސްމިތަޕާލާ އާ ބައްދަލު ކޮށްފަ އެވެ. ސްމިތަޕާލާ އަކީ ކްރިކެޓް ޝްރީލަންކާގެ ރައީސް ވެސް މެއެވެ.

"ސްމިތަޕާލާ ވިދަޅުވި އައިސީސީގެ ޑޭޓާ ޑިޕާޓްމެންޓަށް ހުށަހެޅުން އެއީ ރަނގަޅު ކަމެކޭ ނަަމަވެސް އޭގެ ހައިސއްޔަތު ބޮޑުވާނެޔޭ ހުދު އޭނާ އަށް އެ މަސައްލަ ހުސަހެޅުމުން، އަޅުގަނޑުމެން ވަނީ އެ މައްސަލައާއެކު އަޅުގަނޑުމެން ތައްޔާރު ކުރި ރިޕޯޓްތައް އޭނަ އަށް ހުށަހާޅާފަ."

އަފްލާހް ވިދާޅުވީ އަންނަ މާޗް މަހު ތިން ވަނަ ދުވަހު ދުބާއީގައި އައިސީސީ އާއި އޭސީސީ ގުޅިގެން ބާއްވާ ބައްދަލުވުމުގައި ރާއްޖޭގެ މަސައްލަ ހުށަހެޅުމަށް ސްމިތަޕާލާ ލޮބީ ކޮށްދެއްވާނެ ކަމަށެވެ. -- އޭނާ ވަނީ އެ ބައްދަލުވުމަށް ވަޑައިގަތުމަށް އަފްލާހް އަށް ދައުވަތު ދެއްވާފަ އެވެ.

"އޭނާ ވިދާޅުވި، ދުބާއިގެ ބައްދަލުވުމުގައި އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ކްރިކެޓްބޯޑްގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑަށް ދެއްވާނެ ކަަމަށް، ކްރިކެޓްގެ އެފަދަ ބޮޑު ބައްދަލުވުމެއްގައި ރާއްޖެއަށް ދިހަ މިނެޓް ލިބުންވެސް އެއީ ވަރަށް ބޮޑު ވަރެއް." އަފުލާހް ވިދާޅުވި އެވެ.

އަފްލާހް ވިދާޅުވީ އައިސީސީ ކްރިކެޓް ލީގުން ރާއްޖެއަށް ފުރުސަތު ނުލިބުމުން ވީ ދެރަ އާއެކު، އެ މައްސަލަ ކްރިކެޓްގެ އެންމެ އިސްފަރާތަކަށް ހުށަހެޅުމުގެ ހިތްހަމަޖެހުން ވެސް އެބައޮތް ކަމަށެވެ. ރާއްޖޭގެ ހުށަހެޅުމާއެކު އައިސީސީ ވޯލްޑް ކްރިކެޓް ލީގް ޑިވިޝަން އެކެއްގައި އޭޝިއާ ޑިވިޝަންގެ މުބާރަތުން ފުރުސަތު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އަފްލާހް ވިދާޅުވި އެވެ.

އައިސީސީ ވޯލްޑް ކްރިކެޓް ލީގް ޑިވިޝަން އެކެއްގައި އޭޝިއާ ޑިވިޝަންގެ މުބާރާތުގައި މިހާރު ބޫޓާނާއި ތައިލެންޑާއި ޗައިނާ އާއި ކުވައިތުގެ އިތުރުން ގަތަރެވެ.