ކުޅިވަރު

ބަންގްލަދޭޝްގައި ބާއްވާ ކުލަބު މުބާރާތެއްގައި ޓީސީ ވާދަ ކުރަނީ

Jan 24, 2017

ބަންގްލަދޭޝްގައި ބާއްވާ ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު ފުޓްބޯޅަ މުބަރާތުގައި ވާދަ ކުރަން ޓީސީ ސްޕޯޓްސް ކުލަބުން ނިންމައިފި އެވެ.

އަންނަ މަހު 18 އިން މާޗް މަހު 1 އަށް ބާއްވާ މުބާރާތުގައި ވާދަ ކުރަން ޓީސީއިން ނިންމާފައިވާ ކަމަށް އެޓީމުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

"ދެތިން ދުވަހެއް ވެއްޖެ މުބާރާތުގެ ދައުވަތު އަޅުގަނޑުމެންނަށް ލިބިފައި އޮންނަތާ. ނަަމަވެސް، އާ ސީޒަނަށް އަޅުގަނޑުމެން ހަދާފައިވާ ޕްލޭނަށް މި މުބާރާތް ފައްތަން ޕްލޭނަށް ބަދަލު ގެންނަން ދެތިން ދުވަހެއް މި ހޭދަވީ،"

އޭނާ ވިދާޅުވީ މި މުބާރަތަކީ ޕްރީ ސީޒަން ރަނގަޅު ގޮތުގައި ހޭދަ ކުރަން ވެސް ރަނގަޅު މުބާރާތެއް ކަމަށާއި މެޗުތަކުގައި ޓީސީގެ ގިނަ އަދެއްގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށެވެ.

"ކުރިން ވިސްނުން ހުރީ ބައެއް ރަށްރަށަށް ދަތުރު ކޮށް މެޗުތައް ކުޅެން، ނަމަވެސް މި ލިބުނީ މާ ރަނގަޅު ފުރުސަތެއް، ކޮންމެ ގޮތެއްވިޔަސް ވާދަ ކުރަން ޖެހޭނީ ވާދަވެރި ކުލަބު ތަކާ އެކު އެހެންވީމަ މި މެޗުތަކުން ރަނގަޅު ވޯމް އަޕެއް ލިބިގެންދާނެ."

ޓީސީއަށް މުބާރާތުން ޖާގަ ދޭން އެފްއޭއެމް އިން ނިންމީ މިދިޔަ ސީޒަންގައި ދިވެހި ލީގްގެ ދެ ވަނަ ހޯދި ޓީމު ކަމަށް ވުމުން ނެވެ.