މޯލްޑިވިއަން އައިޑޮލް 2

އައިޑޮލްގެ ޓީމުން ސްޕޮންސަރުންނާއެކު ގާލާ ނައިޓެއް ބާއްވައިފި

އަންނަ ހުކުރު ދުވަހު ފަށަން ހަމަޖެހިފައިވާ މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއްގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ގާލާ ނައިޓެއް ބާއްވައިފި އެވެ.

ރޭޑިއޯ ބިލްޑިންގައި ރޭ ބޭއްވި މި ހަފުލާގައި މޯލްޑިވިއަން އައިޑޮލްގެ ސްޕޮންސަރުންނާއި ޕާޓްނަރުން ބައިވެރިވެފައިވެ އެވެ. ހަފުލާގައި އައިޑޮލްގެ މާކެޓިން ޓީމުން ވަނީ ސްޕޮންސަރުންނާއި ޕާޓްނަރުންނަށް އައިޑޮލްގެ ތެރެއިން ލިބެން ހުރި ފުރުސަތުތައް ކިޔައިދީފަ އެވެ.

އައިޑޮލް ފެށުމުގެ ކުރިން ސްޕޮންސަރުންނާއި ޕާޓްނަރުންނާ ބައްދަލުކޮށްލުމަށް ބޭއްވި ހަފުލާގައި ޝޯ ކުރިއަށްދާ ދުވަސްތަކުގައި ސްޕޮންސަރުންނާއި ޕާޓްނަރުންނަށް ހިންގިދާނެ ތަފާތު ހަރަކާތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވެ އެވެ. އަދި ސޯޝަލް މީޑިއާގައި ހިނގިދާނެ ހަރަކާތްތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފައިވެ އެވެ.

ފުރަތަމަ ސީޒަންގައި ވެސް ސްޕޮންސަރުން ތަފާތު ހަރަކާތްތަކެއް ބާއްވާފައިރު އެ ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ވެސް ލިބިގެން ގޮސްފައިވެ އެވެ. މިފަހަރު މިފަދަ ހަރަކާތްތައް އިތުރަށް ވަރުގަދަވެ، ގިނަ ވާނެ ކަމަށް އައިޑޮލްގެ ޓީމުން ބުނެ އެވެ.

ސްޕޮންސަރުންނާއި ޕާޓްނަރުންނަށް ހާއްސަކުރި މި ހަފުލާގައި އައިޑޮލްގެ ފޯރި އިތުރަށް ގަދަކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި އެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓީމުން ވަނީ ބެލުންތެރިންގެ އުއްމީދުތަކާ އެއް ފެންވަރުގެ ޝޯއެއް މިފަހަރު ވެސް ގެނެސްދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. ޝޯ ވަަރަށް ހިތްގައިމުވެފައިވާ ޝައުގުވެރިވާނެ ކަމަށް ޓީމުން ބުނެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓައިޓްލް ސްޕޮންސަރަކީ މިފަހަރު ވެސް ދިރާގެވެ. މެއިން ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ލޮޓަސް އަދި އެސްޓީއޯ އާއި މޯލްޑިވިއަން އެވެ. ކޯ ސްޕޮންސަރުންނަކީ އަލޯރާ، އީވޯ، އަލް މުދިޝް، ސްނިކާސް، ސިމްޑީ ގްރޫޕް އަދި ވިލާ ކޮލެޖެވެ.

އޮފިޝަލް ބޭންކިން ޕާޓުނަރަކީ ބީއެމްއެލް އެވެ. އޮފިޝަލް ބެވަރޭޖް ޕާޓްނާ އަކީ އެކްސެލް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އެވެ.