މޯލްޑިވިއަން އައިޑޮލް

ބޮބްއަށް ރައީސްގެ މަރުހަބާ

ދެވަނަ މޯލްޑިވިއަން އައިޑޮލްގެ މަގާމު ހާސިލުކުރި މުހައްމަދު ތަސްނީމް (ބޮބް) ރައީސް އަބްދުﷲ ޔާމީން މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޯލްޑިވިއަން އައިޑޮލް ދެއެެއް ކާމިޔާބުކުރި ބޮބްއަށް ރައީސް ތަހުނިޔާ ދަންނަވާ ކަމަށެވެ. އަދި ދެވަނަ އާއި ތިންވަނަ ހާސިލުކުރި ހަމޫދު އަހްމަދާއި ޝަމްވީލް މުހައްމަދަށް ވެސް ތަހުނިޔާ ދަންނަވާ ކަމަށެވެ.

މުއާޒު ވިދާޅުވީ، ޒުވާނުންގެ ހުނަރުވެރިކަން ސަރުކާރުން އަބަދުވެސް ބަލައިގަންނަ ކަމަށެވެ. އަދި ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެއްވަނައަށް ހޮވުނު ބޮބްއަށް ވަނީ 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. އައިޑޮލްގެ ސްޕޮންސަރުންގެ ފަރާތުން ވެސް ބޮޑެތި ގިނަ އިނާމްތަކެއް ގަދަ ތިން ބައިވެރިންނަށް ދީފައިވެ އެވެ. ސްޕޮންސަރުންގެ ފަރާތުން ގަދަ ތިން ބައިވެރިންނަށް ޖުމްލަ 5.8 މިލިއަން ރުފިޔާގެ އިނާމް ދީފައިވެ އެވެ.