ކުޅިވަރު

ނިއުގެ ކުޅުންތެރިންގެ ފަރާތުން ބޭނުންވާ ޖަވާބު ލިބޭ: ކޯޗް

Jan 25, 2017

އާ ސީޒަނަށް ނިއުއިންވާ ތައްޔާރީގައި، ކުޅުންތެރިންގެ ފަރާތުން އޭނާ ބޭނުންވާ ޖަވާބު ލިބެމުން އަންނަ ކަމަށް ނިއުގެ ކޯޗް ޕޯޗްގަލްގެ ބެނާޑޯ ޓަވަރޭސް ބުނެފި އެވެ.

ޓާފް ދަނޑުގައި ނިއު އިން ކުރިއަށް ގެންދިޔަ ޕްރެކްޓިސް ސެޝަނަށް ފަހު، އަވަސް އަށް ދިން އިންޓަވިއުގައި، ޓަވަރޭސް ބުނީ، ޕްރެކްޓިހުގައި ކުޅުންތެރިންގައި ދާ ހިއްލާލާ މަންޒަރު އޭނާ އަށް ފެންނަ ކަމަށާއި އެއީ ޕްެކްޓިސްގައި ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކޮމިޓްމެންޓެއް ފެންނަ ކަމުގެ ހެއްކެއް ކަަމަށެވެ.

"ފުރަތަމަ އަހަރެން ކުޅުންތެރިން އެނަލައިޒް ކުރީ، މި ތިބަ ކުޅުންތެރިންނާ މެދު، އަހަރެން ވަރަށް ހިތް ހަަމަޖެހޭ، އަހަރެން މިގެންދަނީ ޕްރީ ސީޒަން ވަރަށް ޓަފް ކޮށް ނަމަވެސް ކުޅުންތެރިން ދަނީ އެއަށް ހޭނެމުން، ކޮމިޓްމެންޓް ރަނގަޅަށް ފެނިގެންދޭ،" ޓަވަރޭސް ބުންޏެވެ.

މިދިޔަ އަންގާރަ ދުވަހު ނިއުއިން ވަނީ ސީޒަންގައި ގްރީން ސްޓްރީޓާ ދެކޮޅަށް އެކުވެރި ކަމުގެ މެޗެއް ކުޅެފަ އެވެ. މެޗް ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ.

ޓަވަރޭސް ބުނީ، މެޗް އެއްވަރު ވިޔަސް، އޭނާ ބޭނުންވާ ކަންކަން ފެނިއްޖެ ކަމަށާއި ޒުވާން ކުޅުންތެރިންނަށް މަސައްކަތް ކުރެވޭނެކަން އެނގިގެން ހިނގައްޖެ ކަމަށެވެ.

"އެ މެޗު 6-0 ން ވެސް އަހަރުމެން ބަލިވުމުގެ ފުރުސަތު އޮތް ނަަމވެސް ޒުވާން ކުޅުންތެރިން ދެއްކި ކުޅުމުން އަހަންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ." އޭނާ ބުންޏެވެ. "އަހަންނަށް ޔަގީން، މި ރޭޓްގައި އަހަރެމެން މަސައްކަތް ކުރަމުން ދާނަމަ ލީގް ފެށެންވާ އިރަށް، ފޯމުގައި އޮތް ޓީމެއް އޭނާ އަށް ބިނާ ކުރެވޭނެކަން،" ޓަވަރޭސް ބުންޏެވެ.

ނިއުގެ ބައެއް ކުޅުންތެރިން އަދިވެސް ތިބީ އިންޖަރީގަ އެވެ. ނަމަވެސް ޓެވަރޭސް ދަނީ އެ ކުޅުންތެރިން ޕްރެކްޓިހަށް ނެރެ، ރިކަވަރީ ޕްރޮގްރާމްތައް ހިންގަމުން ނެވެ.

"މި ކުޅުންތެރިންނާއެކު ރަނގަޅު ޕްލޭނެއް އެކުލަވާލާނަން، މިވަގުތު ބައެއް ކުޅުންތެރިން އަނިޔާގައި ތިބުމުން، އެ ކުޅުންތެރިންގެ ކުޅުން ނުފެންނާތީ އަދި މޑުކޮށްލައިގެން މިހުރީ، ސީޒަން ފެށޭއިރު އެ މަސައްކަތް އޮންނާނީ ނިމިފަ އޭރުން ރަނގަޅަށް ބަހަލައިގެން ކުރިއަށް ގެންދެވޭނެ އޭރުން އަހަންނަށް އެނގޭނެ، މި ކުޅުންތެރިންނަށް އަދާ ކުރެވޭނެ ރޯލަކީ ކޮބައިކަން،" ޓެވަރޭސް ބުންނެވެ.