ކުޅިވަރު

ނަސީރު އިސްމާއީލްގެ 17 އަހަރުވީ ރެކޯޑް ޒައިދު މުގުރާލައިފި

Jan 25, 2017

ކުރީގެ އެއް ވަނަ ދުވުންތެރިޔާ ނަސީރު އިސްމާއީލް ހަދާފައިވާ 10 ކިލޯ މީޓަރުގެ ގައުމީ ރެކޯޑް 17 އަހަރަށްފަހު ޒުވާން ދުވުންތެރިޔާ ޒައިދު ޝަރީފު މުގުރާލައިފި އެވެ. ޒައިދު މި ރެކޯޑް މުގުރާލީ މިދިޔަ ހުކުރު ދުވަހު ބޭއްވި ދުބާއީ މެރަތޮންގައި ވާދަ ކޮށްގެންނެވެ.

އޭނާ ރޭސް ނިންމީ 34 މިނެޓް 40 ސިކުންތުންނެވެ. މިއީ ނަސީރު ރެކޯޑަށް ވުރެ 65 ސިކުންތު ކުރިއެރުމެކެވެ. މީގެ 17 އަހަރު ކުރިން 1999 ވަނަ އަހަރު މާލޭގައި ބޭއްވި މާލޭ މެރެތޮންގައި ނަސީރު އިސްމާއީލް ރޭސް ނިންމީ 35 މިނެޓް ފަސް ސިކުންތުންނެވެ.

ޒައިދަކީ މިހާރުވެސް ގައުމީ ލެވަލްގައި ފާހަގަ ކުރެވޭ އެތުލީޓެކެވެ. އެންމެ ފަހުން ބޭއްވި އަހަރުގެ ދިރާގު ރޯޑު ރޭހުގެ އިތުރުން ގައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ 10 ކިލޯމީޓަރު ދުވުމުން ވެސް އޭނާ ވަނި ރަންމެޑަލް ހާސިލު ކޮށްފަ އެވެ. އަދި މިދިޔަ އަހަރު ބޭއްވި "ރެޑްބުލް ކެޗް ދި ފެރީ" ރޭހުން ތިން ވަނަ ހޯދި އެވެ.