ހަބަރު

ސަރުކާރެއް އެކުލަވާލެވޭ ވަރަށް އިޒްރޭލުގެ އެއްވެސް ޕާޓީއަކަށް ވޯޓެއް ނުލިބޭނެ

އިޒްރޭލުގެ އާންމު އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ވެރިކަންކުރާ ލިކޫޑް ޕާޓީ އާއި އިދިކޮޅު ޒަޔަނިސްޓް ޔުނިއަން އަށް ވެސް ލިބޭނީ މަޖިލީހުގެ 27 ގޮނޑި ކަމަށް ވަގުތީ ނަތީޖާ އިން ދައްކައިފި އެވެ. މި ނަތީޖާ ބަދަލު ނުވާ ނަމަ ސަރުކާރެއް އެކުލަވާލެވޭނީ މި ދެ ޕާޓީ ގުޅިގެންނެވެ.

ނެސެޓްގެ 120 ގޮނޑީގެ ތެރެއިން ކޮންމެ ޕާޓީއަކަށް 27 ގޮނޑި ލިބޭނެ ކަމަށް ލަފާކުރެވޭއިރު ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ވަނީ މިއީ އޭނާގެ ލިކޫޑް ޕާޓީ އަށް ލިބުނު، ކުރިން ލަފާވެސް ނުކުރެވޭ ވަރުގެ ކާމިޔާބީއެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

ގައުމުގެ އެންމެންގެ ބައިިވެރިވެރިވުން އޮތް ސަރުކާރެއް، ލަސްތަކެއް ނުވެ އުފެއްދުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ނަތަންޔާހޫ ވާހަކަ ދައްކަވާފައި ވާއިރު އިދިކޮޅު ޕާޓީން ވަނީ މިއީ ނަތަންޔާހޫ ހަގީގަތް އޮޅުވާލައި ސިޔާސީ މަންފާތަކެއް ހޯދަން ދެއްކެވި ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.

ނަތަންޔާހޫ ވިދާޅުވެފައި ވަނީ އިންތިހާބު ކާމިޔާބުވެ އަލުން ބޮޑުވަޒީރުކަން ލިބިއްޖެ ނަމަ ފަލަސްތީނުގެ ދައުލަތެއް އުފެދުނު ނުދޭނެ ކަމަށެވެ. ނަމަވެސް ޒަޔަނިސްޓް ޔުނިއަނުން ބުނެފައި ވަނީ ފަލަސްތީނާ ގުޅުން ބަދަހިކޮށް، އިޒްރޭލަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރިމަތިވެފައިވާ އެކަހެރިކަން ނައްތާލަން މަސައްކަތް ކުރާނެ ކަމަށެވެ. --ބީބީސީ