ކުޅިވަރު

އަންހެން ޓީމުތަކަށް ދިވެހި ލީގް ބާއްވަން މަސައްކަތް ކުރަނީ

Jan 30, 2017

އަންހެން ޓީމުތަކަށް އަމާޒުކޮށް މިއަހަރު ދިވެހި ފުޓްބޯޅަ ލީގެއް ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، މި އަހަރު ތެރޭ އަންހެން ތިން މުބާރާތެއް ބާއްވަން ތައްޔާރު ވަމުން އަންނަ ކަމަށާއިއޭގެ ތެރޭގައި ފުޓްސަލް މުބާރާތެއް ވެސް ހިމެނެ އެވެ.

ބައްސާމް ވިދާޅުވީ އަށް ޓީމު ހަމަވާނަމަ، ލީގެއް ބޭއްވުމުގެ ވިސްނުން ގެންގުޅެމުންދާ ކަމަށެވެ. އަދި ވިދާޅުވީ، އަންހެން ލީގްގައި ވާދަ ކުރުމަށް އައްޑު އާއި ފުވައްމުލަކާއި ލ. އަތޮޅާއި ތ. އަތޮޅުން ޓީމުތައް އައުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށެވެ.

"އަތޮޅުތަކުގެ ތެރެއިން އަންނަން ޝައުގުވެރިވާ ޓީމުތަކާއި މާލެއިން ހަތަރު ޓީމަކާއެކު ލީގް ބޭއްވޭނެ ކަމަށް އުންމީދު ކުރަން ނަމަވެސް ލީގެއް ބޭއްވޭނީ މަދުވެގެން އަށް ޓީމު ހަމަވާ ނަމަ،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދަޅުވީ ލީގް ނުބޭއްވޭނަމަ، އަންހެން މުބާރާތެއް ބާއްވާނެ ކަމަށެވެ. އަދި މުބާރާތް ބޭއްވުގެ ވިސްނުން ހުރީ ދިވެހި ޕްރިމިއާ ލީގްގެ ކުރިން ކަމަށެވެ.

ނަމަވެސް، ދިވެހި ޕްރިމިއާ ލީގް ކުރިން މާލޭ ލީގްގެ ކޮލިފައިން މުބާރާތް ވެސް އޮތުމުން ދަނޑުގެ ދަތިތައް އޮތުމާއެކު، މުބާރާތް އިންތިޒާމު ކުރާނީ އެކަމަށް ވެސް ސަމާލުކަން ދީގެނެވެ.