ކުޅިވަރު

އިންގްލެންޑްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލަލާނާ އަށް

Jan 30, 2017

މިދިޔަ އަހަރު އިނިގރޭސި ވިލާތުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ލިވަޕޫލްގެ އެޑަމް ލަލާނާ ހޯދައިފި އެވެ.

ލަލާނާ މި އެވޯޑް ހޯދީ، އިނގިރޭސި ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން، ލެސްޓާ ސިޓީގެ ޖޭމްސް ވާޑީ އާއި މެންޗެސްޓާ ޔުނައިޓާޑާއި އިންގްލެންޑްގެ ކެޕްޓަން ވޭން ރުނީ އާ ވާދަ ކޮށެވެ.

އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންގެ ލަލާނާ އަށް ވަނީ، 39 ޕަސަންޓް ވޯޓް ލިބިފަ އެވެ.

ދެ ވަނަ އަށް ދިޔަ ވާޑީ އަށް ލިބުނީ 12 ޕަސަންޓް ވޯޓެވެ.

އިނގިރޭސި ގައުމީ ޓީމަށް، އެންމެ ގިނަ ގޯލް ޖަހާފައިވާ ބޮބީ ޗާލްޓަންގެ ރެކޯޑް، މިދިޔަ އަހަރު މުގުރާލި ރޫނީ އަށް ލިބުނީ އަށް ޕަސަންޓް ވޯޓެވެ. ރޫނީ އަކީ ވޭތުވެދިޔަ ދެ އަހަރު މި އެވޯޑް ހޯދި ކުޅުންތެރިޔާ އެވެ.

"މިއީ ވަރަށް ބޮޑު ޝަރަފެއް، މި އެވޯޑް އެންމެ ފަހުން ލިބުނީ ލިވަޕޫލްގެ ކުރީގެ ކެޓްޓަން ސްޓީވަން ޖެރާޑް އަށާއި ރުނީ އަށް، އެހެންވެ މިއެވޯޑް އަހަންނަށް ލިބުމަކީ، ޝަރަފެއް،" އުމުރުން 28 އަހަރުގެ ލަލާނާ ބުންޏެވެ.

އިނިގިރޭސި ވިލާތުގެ އުމުރުން 23 އަހަރުގެ މޮޅު ކުލުންތެރިޔާގެ އެވޯޑް ހޯދީ ސައުތުހެމްޓަންގެ ނަތަން ރެޑްމޮންޑް އެވެ.