ކުޅިވަރު

މައްސަލަތައް ހައްލުކޮށް ވޮލީ ކުރިއަށް ގެންދާނެ: ލަތީފު

Feb 4, 2017

ވޮލީބޯޅަ އެސޯސިއޭޝަންގެ އެތޭގައި ހުރި މައްސަލަތައް ހައްލު ކުރުމަށްފަހު، ވޮލީ ތަރަގައްގީ ކުރުމަށް ފަށަފައިވާ މަސައްކަތްތަކައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ، ވޮލީގެ އެކްސްކޯގެ ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ބައްދަލުވުމުގައި، ހުރި މައްސަލަތަކާބެހޭ ގޮތުން ފުޅާ ކޮށް މަޝްވަރާ ކުރާނެ ކަމަށެވެ.

"ބަޔަކު މަސައްކަތްތަކެއް ކުރަންޏާ އެކަމުގައި މައްސަލަތަކެއް ނުކުންނާނެ، އެ މައްސަލަތައް ހައްލު ކޮށްގެން ކުރިއަށް ދާނަން، އިރާދަ ކުރެއްވިއްޔާ ވޮލީ ކުޅުންތެރިންނަށް އަދި ވޮލީ އަށް ގެއްލުމެއް ވިޔަކަ ނުދޭނަން،" ލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވީއޭއެމްއާ ހަވާލުވީ ގިނަ ވައުދުތަކާ އެކު ކަމަށާއި، ސަރުކާރުގެ ވައުދު ތަކުގެ ތެރެއިން ވޮލީގެ އިންފްރާސްސްޓްރަކްޗާ ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް މި މަސައްކަތް ފުރިހަމަ ކުރެވޭނެނަން، ވޮލީ އަށާއި ދިވެހި ޒުވާނުންނަށް ކުރިމަތި ވާނެ ކޮންމެ ހުރަހެއްގެ ދިފައުގައި އަޅުގަނޑު ހުންނާނަން."

ލަތީފު އާއި ވީއޭއެމް އާއި މެދު ހިޔާލު ތަފާތުވުންތަކެއް އުޅޭކަން، ވޮލީ އާ ގުޅުން ހުރި ބައެއް ފަރާތްތަކުން ވަނީ މީޑިއާގައި ހާމަ ކޮށްފަ އެވެ.