ކުޅިވަރު

ކޮކާކޯލާ ޓީއެފްޖީ ލޯންގް ރަން އޭޕްރީލް 14 ގައި

Feb 9, 2017
1

ޓޯޓަލް ފިޓްނަސް ގޫރޫޕް (ޓީއެފްޖީ) އިން ކޮކާކޯލާ ކުންފުންޏާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޯކާކޯލާ ލޯންގް ރަން އޭޕްރީލް މަހު 14 ވަނަ ދުވަހު ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މެރަތަންގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހާކީ، މިއަންނަ މަހު 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ރޭސް ވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިފަ އެވެ.

މެރަތޮންގައި ހިމެނޭ ކެޓަގަރީތައް:

  • 42 ކިލޯމީޓާރު
  • ހާފް މެރަތޮން 21 ކިލޯމީޓަރު
  • 10.5 ކިލޯމިޓަރު
  • ފަސް ކިލޯ މީޓަރު

މެރޮތޮން ފެށުމަށް ހަޖަހެިފައިވަނީ، އޭޕްރިޅް 13 ވަނަ ދުވަހުގެ ރޭ (އޭޕްރީލް 14 ވަނަ ދުވަހު ގެ) ފަތިހު 3:20 ގައެވެ، ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ 42 ކިލޯމީޓަރުގެ ދުވުމެވެ.

ހާފް މެރަތޮން 21 ކިލޯމީާތަުގެ ދުވުން ފެށުމަށް ހަމަޖެހިފައި ވަނީ އެދުވަހުގެ ހެނދުނު 6:20 ގަ އެވެ. އަދި 10.5 ކިލޯމީޓަރުގެ ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، ހެނދުނު 7:20 ގަ އެވެ. ފަސް ކިލޯމީޓަރުގެ ދުވުން 8:20 ގަ އެވެ.

މެރޮތަންގައި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވެވޭގޮތަށް ވަނީ ހަމަޖއްސާފަ އެވެ. މެރޮތަންގައި ވާދަ ކުރުމަށް، ރަޖިސްޓްރީ ވުމުގެ ފުރުސަތު އޮންލައިންކޮށް ވަނީ ހުޅުވާލާފަ އެވެ. މިރޭހުގައި ބައިވެރިވުމަށް ގޮޓްރޭސް ޑޮޓްކޮމް މެދުވެރިކޮށް އޮންލައިން ކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ކޮކާކޯލާ ލޯންގް ރަން ގައި ރަޖިސްޓްރީ ވުމަށާއި، މި ރޭހާއި ބެހޭ މައުލޫމާތު ހޯދުމަށް: