ފިނިޕޭޖް

އައިޑޮލްގެ ތިއޭޓާ ރައުންޑް މިރޭ! ސަލާމަތްވާނީ ކޮންބައެއް؟

މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ހުރިހާ އޮޑިޝަންއެއް އޮން އެއާ ކޮށް ނިންމާލައިފި އެވެ. ދެން މިއޮތީ ގޯލްޑަން ޓިކެޓް ލިބުނު ބައިވެރިން ފުރާނާލުމަށް ބާއްވާ ތިއޭޓާ ރައުންޑެވެ. ތިއޭޓާ ރައުންޑުގެ ފުރަތަމަ ބައި މިރޭ ދައްކާނެ އެވެ. އޮޑިޝަން އިން ހޮވުނު ބައިވެރިންގެ ހުނަރުތައް މިރޭގެ ޝޯއިން ފެނިގެންދާނެ އެވެ.

މި ރައުންޑުގެ ފުރަތަމަ ބައިގައި ބައިވެރިން ލަވަ ކިޔާނީ ގްރޫޕް ކޮންނެވެ. މި ރައުންޑުގައި އޮޑިޝަންތަކުން ގޯލްޑެން ޓިކެޓް ލިބުނު 43 ބައިވެރިން ލަވަ ކިޔާނެ އެވެ. މި ބުުރުގައި ބައިވެރިން ލަވަ ކިޔާނީ އއ. މަތިވެރިފަޅު ތެރޭގައި އޮންނަ ފިނޮޅުގަ އެވެ.

ތިއޭޓާ ރައުންޑުގެ ފުރަތަމަ ބުރުން 19 ބައިވެރިން މުބާރާތާއި ވަކިވާނެ އެވެ. މުބާރާތާ އަލްވަދާއު ކިޔާނެ ކުދިންނަކީ ކޮބައިބާ އެވެ؟ މި ސުވާލުގެ ޖަވާބު ހޯދަން ޖެހޭނީ އަދި އިންތިޒާރެއް ކޮށްލާށެވެ. މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއް ދައްކަން ފަށާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރެ އެެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓައިޓްލް ސްޕޮންސަރަކީ މިފަހަރު ވެސް ދިރާގެވެ. މެއިން ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ލޮޓަސް އަދި އެސްޓީއޯ އާއި މޯލްޑިވިއަން އެވެ. ކޯ ސްޕޮންސަރުންނަކީ އަލޯރާ، އީވޯ، އަލް މުދިޝް، ސްނިކާސް، ސިމްޑީ ގްރޫޕް އަދި ވިލާ ކޮލެޖެވެ. އޮފިޝަލް ބޭންކިން ޕާޓުނަރަކީ ބީއެމްއެލް އެވެ. އޮފިޝަލް ބެވަރޭޖް ޕާޓްނާ އަކީ އެކްސެލް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އެވެ. މިފަހަރުގެ ޝޯއަށް ވެސް ބޮޑު ތަރުހީބެއް ލިބެމުން އެބަ އާދެ އެވެ.