ކުޅިވަރު

ޓުއާއިން ނިއުގެ ކޮމްބިނޭޝަން އިތުރު ވެގެންދާނެ: ކޯޗް

Feb 11, 2017

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މިހާރު ހއ. އަތޮޅަށް ކުރަމުންދާ ދަތުރުގެ ސަބަބުން ޓީމުގެ ކޮމިބިނޭޝަން އިތުރު ވެގެންދާނެ ކަމަށް، އެ ޓީމުގެ ކޯޗް ޕޯޗްގަލްގެ ބެނާޑޯ ޓެވަރޭސް ބުނެފި އެވެ.

އަވަސް އަށް ދިން އިންޓަވިއު އެއްގައި ޓަވެރޭސް ބުނީ، ޓީމުގެ އެކި ޑިޕާޓްމެންޓްތަކުގެ ކުޅުންތެރިންގެ މެދުގައި، ދަނޑު މަތީގައި ފެންނަން ޖެހޭ ކޮމްބިނޭޝަން އުފެއްދުމަށް ދަތުރުން އެހީ ވެދޭނެ ކަމަށެވެ.

"ދަނޑު މަތީގައި ޕްރެކްޓިސް ކުރުމުގެ އިތުރަށް، ކުޅުންތެރިން އެކީގައި ވަގުތު ހޭދަ ކުރުމަކީ ކޮމްބިނޭޝަން އުފެއްދުމަށް ވަރަށް މުހިންމު ކަމެއް،" ޓެވަރޭސް ބުންޏެވެ.

"އަދި ޓީމުގައި ތިބި ސީނިއާ ކުޅުންތެރިންގެ ލީޑާޝިޕާއި ޑިސޕްލިން ނަކަލު ކުރުމަށް ޒުވާން ކުޅުންތެރިންނަށް ލިބޭ ފުރުސަތަކަށް ވެސް މިދަތުރު ވެގެންދާނެ،"

ޓެވަރޭސްގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ނިއުގެ ޒުވާން ކުޅުންތެރިންނަށް އަންނަ ކުރި އެރުމެވެ.

"ޒުވާން ކުޅުންތެރިންގެ ފަރާތުން އަހަރެން ފެންނަން ބޭނުވާ ކުރިއެރުން ފެނިގެން ދޭ، އެއީ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ" ޓެވަރޭސް ބުންޏެވެ.