ކުޅިވަރު

އެޗްޑީސީ ފުޓްސަލް ކަޕް: ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް

Feb 11, 2017
1

ޒުވާނުންނަށް ހާއްސަކޮށް، ހައުސިން ޑިވްލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބާއްވާ "އެޗްޑީސީ ޔޫތު ފުޓްސަލް ކަޕް" މުބާރާތުގައި 110 ޓީމު ބައިވެރި ވެއްޖެ އެވެ.

މި މުބާރާތު ގައި މިހާ ގިނަ ޓީމު ބައިވެރިވުމުން އެ މުބާރާތް ވެފައި ވަނީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތަށެވެ.

މި މަހު 24 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ގަ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާ ހުށަހަޅާފައި ވާއިރު ރަނަރަފު ޓީމަށް ހުށަހަޅާފައި ވަނީ، 15000 ރުފިޔާ އެވެ.

އެޗްޑީސީ އިން ބުނީ މި މުބާރާތުގެ މަގުސަދަކީ، ޒުވާނުންގެ މެދުގައި އިޖުތިމާއީ ރޫހް އާލާކޮށް، އެކުވެރިކަން އުފެއްދުން ކަމަށެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ މެދުގައި މި މުބާރާތުގެ ސަބަބުން ގުޅުން ބަދަހިވެގެން ދާނެ ކަމަށް އެޗްޑީސީ އިން އުންމީދު ކުރެ އެވެ. މުބާރާތުގައި 16 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ކުޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.