މޯލްޑިވިއަން އައިޑޮލް 2

ތައްޔާރުވޭ! ގަދަ 16 މިރޭ ހޮވާނެ

މޯލްޑިވިއަން އައިޑޮލްގެ ތިއޭޓާ ރައުންޑްގެ ދެވަނަ އެޕިސޯޑް މިރޭ ދައްކަން ކުޑައިރުކޮޅަކަށްވެފައިވާއިރު މިރޭގެ އެޕިސޯޑުން ގަދަ 16 ބައިވެރިން ހޮވާނެ އެވެ.

ރޭ ދެއްކި ތިއޭޓާ ރައުންޑްގެ ފުރަތަމަ ބުރުގައި 44 ބައިވެރިޔަކު ވަނީ ލަވަ ހުށަހަޅައިދީފަ އެވެ. އޭގެ ތެރެއިން 20 ބައިވެރިޔަކު ވަނީ ޝޯއާ ރޭ އަލްވަދާއު ކިޔައިފަ އެވެ.

އއ. މަތިވެރި ފަޅު ތެރޭގައި މިރޭގެ ވެސް އެޕިސޯޑް ޝޫޓްކޮށްފައިވާއިރު ގަދަ 16 ގައި ހިމެނުމަށް 24 ބައިވެރިޔަކު މިރޭ ވާދަކުރާނެ އެވެ. ސޯލޯ ލަވަތައް ހުރިހާ ބައިވެރިން ވެސް ކިޔައިދޭއިރު މިރޭ ފުރަތަމަ ފަހަރަށް އައިޑޮލްގެ ބޭންޑް ވެސް ފެނިގެންދާނެ އެވެ.

މިރޭގެ އެޕިސޯޑުން ނިމިގެންދާއިރު މުބާރާތާ އަލްވަދާއު ކިޔާނެ ކުދިންނަކީ ކޮބައިބާ އެވެ؟ މި ސުވާލުގެ ޖަވާބު ހޯދަން ޖެހޭނީ އަދި އިންތިޒާރެއް ކޮށްލާށެވެ. ޝޯ ފަށާނީ 10:30 ގަ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓައިޓްލް ސްޕޮންސަރަކީ މިފަހަރު ވެސް ދިރާގެވެ. މެއިން ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ލޮޓަސް އަދި އެސްޓީއޯ އާއި މޯލްޑިވިއަން އެވެ. ކޯ ސްޕޮންސަރުންނަކީ އަލޯރާ، އީވޯ، އަލް މުދިޝް، ސްނިކާސް، ސިމްޑީ ގްރޫޕް އަދި ވިލާ ކޮލެޖެވެ. އޮފިޝަލް ބޭންކިން ޕާޓުނަރަކީ ބީއެމްއެލް އެވެ. އޮފިޝަލް ބެވަރޭޖް ޕާޓްނާ އަކީ އެކްސެލް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އެވެ. މިފަހަރުގެ ޝޯއަށް ވެސް ބޮޑު ތަރުހީބެއް ލިބެމުން އެބަ އާދެ އެވެ.