ލައިފްސްޓައިލް

އަތްދަބަހުން ހީނުކުރާ ވަރުގެ ގެއްލުން ވާކަން އެނގޭތަ؟

Feb 12, 2017

މީ އެންމެ ގިނަ އަންހެންވެރިން އެންމެ ލޯބިން ގެންގުޅޭ އެކައްޗެވެ. ހާއްސަކޮށް ތަފާތު ވައްތަރުގެ އަގުބޮޑެތި ރީތި ޑިޒައިންތަކުގެ އަތްދަބަހަށް އަހެރެމެން އެންމެން ވެސް ލޯބި ކުރެ އެވެ. މިހެންވަނީ ދަބަސް އަޅުވާލައިގެން ދާއިރު މީހުންގެ ސަމާލުކަން ވެސް އެ ވަރަށް ލިބޭތީ ކަމަށް ވެދާނެ އެވެ.

ހާއްސަކޮށް އަންހެން ކުދިންނަކީ އަތަދްބަހަށް މަރުދޭ ބައެކެވެ. ނަމަވެސް ސުވާލަކީ އަތްދަބަސް ދެކެވާ ލޯތްބާ އެއްވަރަށް އެއިން ލިބޭ ގެއްލުމާއި ދޭތެރޭޭ ވިސްނާލިން ހެއްޔެވެ؟

އިންޑިއާގެ މެކްސް ހެލްތު ކެއާގެ ޖެނެރަލް ޕްރެކްޓިޝަނަރ ޑރ. އަމީތާ މިޝްރާ ވިދާޅުވާ ގޮތުގައި ދަބަސް ހިފައްޓައިގެން ހުންނަ ގޮތުން އަހެރެމެންނަށް ނޭނގޭ އެތައް ގެއްލުމެއް ހަށިގަނޑަށްވެ އެވެ. ހާއްސަކޮށް ބަރުދަބަސް އުފުލާނަމަ ގެއްލުން އިންތިހާއަށް ބޮޑެވެ.

އެގޮތުން ފަހަކަސް އައިސް ދަބަސް ބަރުވި ނަމަވެސް ބަލާލަން ރީތިވީމަ ނުވަތަ "ސްޓައިލް" ހިފެހެއްޓުމުގެ ގޮތުން ބައެއް އަންހެން ކުދިން އަތްދަބަސް އެއްއަތުން އުޅަނބޮށީގައި އަޅުވާލައިގެން ހުންނަތަން ފެނެ އެވެ.

މިހެން ބަރުކޮށް ދަބަސް ހިފަހައްޓައިގެން ގިނަިއރު ހުރުމުން އަތައް ތަދުވެ އުޅަބޮނށީގައި ރިހޭގޮތްވެ އެވެ. މިގޮތަށް ދަބަސް ހިފަން ބޭނުންވާނަމަ ދަބަސް ލުއިކޮށްލާށެވެ. ނުވަތަ ދެ ދަބަހަކަށް އެއްޗެހި ބަހާލާށެވެ. އަދި އަބަދުވެސް އެއްއަތުން ގިނައިރު ދަބަސް ހިފަހައްޓައިގެން ހުރުމުގެ ބަދަލުގައި ދެއަތަށް ދަބަސް ބަދަލު ކުރަންވާނެ އެވެ. މިއީ ބެލެންސް ކުރަން ވެސް އެންމެ ފަސޭހަ އެއްގޮތެވެ.

މީގެއިތުރުން ކޮނޑުގައި ބަރުދަބަސް އަޅުވައިގެން މާގިނައިރު ހުންނަނަމަ ބޮލުގައި ރިއްސާ ކޮނޑުގައި ރިއްސާ ގޮތްވެ އެވެ.

އޯތޯޕެޑިޝިއަން އެއް ކަމަށްވާ ޑރ. އަންޖު ބަޓް ވިދާޅުވާ ގޮތުގައި އެއްފަރާތަށް ދަބަސް އެޅުވުމުން ކަރާއި ކޮނޑުގެ މަސްތަކުގެ އިތުރަށް ބޮލަށް ބާރުބޮޑުވެ، ބޮލުގައި ރިއްސާގޮތްވެ އެވެ. އަދި އެއްކޮނޑުގައި ގިނައިރު ބަރުދަބަސް އެޅުވުމުގައި ބަދަލުގައި އަބަދުވެސް ދެކޮނޑަށް ދަބަސް ބަދަލު ކުރަންވާނެ އެވެ. ނޫންނަމަ ދެ ދަބަހަކަށް އެއްޗެހި ބަހާލާށެވެ. މިއީ އެންމެ ހައްޓަށް ވެސް ލުއިވާނެ އެއްގޮތެވެ.

އެއްކޮނޑުގެ ދަބަސް އެޅުވުމުގެ އިތުރުން އެއްފަޅިއަކަށް އަބަދުވެސް ދަބަސް އަޅުވާ މީހުން އުޅެ އެވެ.

ހާއްސަކޮށް އަންހެން ކުދިންނަކީ އެމީހުންނަށް އެންމެ ފަސޭހަ ފަޅިއަކަށް އަބަދުވެސް ދަބަސް އަޅުވާ ބައެކެވެ. މިހެން އަބަދު އެއްފަޅިއަކަށް ދަބަސް އެޅުވުމަކީ މައިބަދައަށް އޭގެ ބާރުކުރާ ކަމެކެވެ. އަދި މިގޮތަށް އެއްފަޅިއަކަށް އަޅުވާނަމަ ހަށިގަނޑުގެ ބަރުދަނުގެ 10 ޕަސެންޓަށް ވުރެ ދަބަހުގެ ބަރުދަން އިތުރުވެގެންނުވާނެ އެވެ. އެއްފަޅިއަކަށް ދަބަސް އެޅުވުމުގެ ބަދަލުގައި އަބަދުވެސް ދެފަޅިއަށް ދަބަސް އަޅުވަން އާދަކުރާށެވެ. މިއީ ހަށިގަނޑަށް އެންމެ ރައްކާތެރި އެއްގޮތެވެ.