ވިކްޓްރީ ސްޕޯޓްސް ކުލަބުގެ މިހާރުގެ ކޯޗު، މުހައްމަދު ޝާޒްލީ މަގާމުން ދުރުކޮށް، ނިމިދިޔަ ސީޒަނަށް ފަހު މާޒިޔާގެ ކޯޗުކަން ދޫކޮށްލި އަލީ ސުޒޭން ވިކްޓަރީގެ ކޯޗު ކަމަށް މިއަދު ހަމަޖައްސައިފި އެވެ.
ވިކްޓަރީގެ މި ނިންމުން މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރަންސެއްގައި ވަނީ ދަނީ ދެންމެ އަކު އިއުލާނުކޮށްފަ އެވެ.
ރާއްޖޭގެ ފުޓްބޯޅައި ގައި އެންމެ ޒަމާންވީ ގަދަ ބާރު ވިކްޓްރީ ސްޕޯޓްސް ކުލަބު ހަޔާތުގައިވެސް ފެނުނު އެންމެ ކާމިޔާބު އެއް ކޯޗަކީވެސް ސުޒޭން އެވެ.
ސުޒޭން ކޯޗެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ ޒޯން ޗެމްޕިއަންސް ލީގުގަ އެވެ. އޭނާ ވަނީ އެ މުބާރަތުގައި ބައެއް ޓީމުތަކަށް ކޯޗުކޮށްދީ ކާމިޔަބު ހޯދައިދީފަ އެވެ. ނަަމަވެސް ސުޒޭންގެ ފުޓްބޯޅައިގައިވެސް އަދި ކޯޗިންގައިވެސް އެންމެ ފުރަތަމަ މަދަރުސާއަކީ ވިކްޓްރީ އެވެ.