ފެޝަން

ފަހުގެ ފެޝަންތައް އަގުހެޔޮކޮށް ލިބެންހުރީ މި ފިހާރައިން

Feb 16, 2017
1

މިއީ މީގެ ދެ އަހަރު ކުރިން ފެޝަންގެ ވިޔަފާރި އަށް ވަތް ބައެކެވެ. ނަމަވެސް މާލޭގައި މިވަގުތު ހުރި އެންމެ ރީތި ހެދުން ވިއްކާ ޗެޕްސް ރިޒާވް ހުޅުވުމަށްފަހު، ވިޔާފާރި ދެން ފުޅާކޮށްފައިވަނީ ހުޅުމާލެ އަށެވެ.

އާބާދީގައި 40،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ހުޅުމާލޭގައި ޗެޕްސްގެ އިތުރު ފިހާރައެއް މިވަނީ ހުޅުވާފަ އެވެ. ހުޅުމާލޭ ބާބަކިޔު އޭރިޔާ ސަރަހައްދާ ކައިރީގައި ހުޅުވި "ބްރޭންޑް މީ ބައި ޗެޕްސް" ފިހާރައިގައި ބްރޭންޑް ނޫން އަދި ކޮލިޓީ ދަށް އެއްވެސް އެއްޗެއް ނުހުންނާނެ އެވެ. މުޅިން ވެސް ލިބެން ހުރީ ތަފާތު އެކި ބްރޭންޑް ތަކުގެ ހެދުމާއި ފައިވާނާއި ދަ ބަހެވެ.

ފެޝަނަށް ލޯބިކުރާ ދެ ޖިންސްގެ މީހުންނަށް ވެސް ހާއްސަ މި ފިހާރައަކީ މިވަގުތު ހުޅުމާލޭގައި ގާމެންޓްސް އެންމެ އަގުހެޔޮކޮށް ވިއްކާ ފިހާރަ އެވެ.

"މިދިޔަ އަހަރުގެ އޮކްޓޯބަރ 20 ގައި އަޅުގަނޑުމެން ހުޅުމާލޭގައި ފިހާރަ ހުޅުވީ. ވަރަށް ރަނގަޅު ތަރުހީބެއް ލިބޭ. މިއީ އެންމެ އަގުހެޔޮކޮށް ހުޅުމާލޭގައި ގާމެންޓްސް ލިބެން ހުރި ފިހާރަ،" ޗެޕްސް ފިހާރައިގެ އޮފިޝަލަކު ވިދާޅުވި އެވެ.

މާލޭގައި ހުރި ޗެޕްސް ރިޒާވްއަށް ވުރެ ވެސް އަގުހެޔޮކޮށް ހުޅުމާލޭގައި ހުޅުވި ބްރޭންޑް މީ ބައި ޗެޕްސްއިން އެއްޗެހި ލިބޭނެ އެވެ. އަދި މި ފިހާރައިގެ އެންމެ ސަޅި ތަންކޮޅަކީ ކޮންމެ 20 ދުވަހަކުން އަބަދުވެސް އާ މުދާ ގެންނާތީ އެވެ. އެހެންވެ އަގުހެޔޮ ކޮލިޓީ ރީތި ހެދުމެއް ނުވަތަ ދަބަހެއް ބޭނުންނަމަ ދާންވީ މި ފިހާރަ އަށެވެ.

ޗެޕްސްގެ އޮފިޝަލު ވިދާޅުވީ ގޮތުގައި އެ ފިހާރައިން އަބަދުވެސް އެންމެ އިސްކަމެއް ދެނީ އެއިރެއްގައި ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ހިނގާ ވަތްތަރުގެ ހެދުމާއި ފައިވާނަށެވެ. އަދި އެ ފިހާރައިން އަބަދުވެސް ފަހުގެ ހުރިހާ ސްޓައިލެއްގެ ދެ ޖިންސްގެ ޒުވާނުންނަށް ކަމުދާ ހެދުމާއި ފައިވާން ލިބޭނެ އެވެ.