ވިޔަފާރި

ގޯލްޑް 100 ގާލާ އިވެންޓަށް ފަހުގެ ތައްޔާރީތައް ވަނީ

Feb 18, 2017
  • ގޯލްޑް 100 އިވެންޓް އޮތީ އަންގާރަ ދުވަހު
  • ޝަރުވެރި މެހުމާނަކީ ގަވަރުނަރު އަޒީމާ
  • ލައިފް ޓައިމް އެޗިވްމަންޓް އެވޯޑެއް ދޭނެ

އެންމެ ކުރިއަރާފައިވާ ރާއްޖޭގެ 100 ކުންފުނި ހޮވުމަށް ބާއްވާ "ގޯލްޑް 100" ގާލާ އިވެންޓް އަންގާރަ ދުވަހު ބާއްވަން އެންމެ ފަހުގެ ތައްޔާރީތައް ފަށައިފި އެވެ.

ރާއްޖޭގެ ޕީއާރު ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގެޓަވޭސް އިން އާއްމުކުރާ "ގޯލްޑް 100" ކުންފުނި ހޮވުމުގެ ރަސްމިއްޔާތު އޮންނާނީ އަންގާރަ ދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސްގަ އެވެ. މި އިވެންޓުގައި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނާއި ގިނަ ކުންފުނިތަކުގެ އެންމެ އިސްވެރިން ބައިވެރިވާނެ އެވެ. މި ގޮތުން މި ރަސްމިއްޔާތުގެ ޝަރުވެރިވެރި މެހުމާނެއްގެ ގޮތުގައި ބައިވެ ވަޑައިގަންވަނީ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް އެވެ.

މި ރަސްމިއްޔާތުގެ އެންމެ ހާއްސަ އެއް ކަމަކީ ވިޔަފާރީގެ ދާއިރާގައި ހިދުމަތްކޮށްފައިވާ ފަރާތެއްގެ އަގު ވަޒަންކޮށް ދޭ "ލައިފް ޓައިމް އެޗީވްމަންޓް" އެވޯޑެވެ.

އެންމެ ކުރިއަރާފައިވާ ކުންފުނިތައް ނުވަތަ "ގޯލްޑް 100" ހޮވަނީ އެކަމަށް ކުރިމަތިލާން ހުޅުވާލައިގެން ކުރިމަތިލި ކުންފުނިތައް ސްކްރީންކޮށްގެންނެވެ. އެކަމަށް ހާއްސަ ބައިތަކަށް ބެލުމަށްފަހު މި މަސައްކަތް ކޮށްފައިވަނީ ރާއްޖޭގެ ލޯ ފާމެއް ކަމަށްވާ ސީޓީއެލް ސްޓްރެޓަޖީޒް ކުންފުނިންނެވެ.