ހަބަރު

ފޭސްބުކުން ޑިސްލައިކް ބަޓަން ތައާރަފް ކުރަނީ

"ބައެއް މީހުން ޑިސްލައިކް ބަޓަނަކަށް އެދެމުން ދަނީ ފާޅުކުރެވޭ ހިޔާލަކާ ދެކޮޅު ހެދުމުގެ ފުރުސަތު ވެސް އޮންނަން ޖެހޭ ކަމަށް ބުނެ. ބައެއް މީހުން އެބަ ބޭނުންވޭ މީހަކު ފާޅުކޮށްލާ ހިޔާލަކީ ރަނގަޅު ނޫން ހިޔާލެއް ކަމަށް ކަނޑައަޅާނެ ޑިސްލައިކް ބަޓަނެއް."

"ޑިސްލައިކް" ބަޓަނެއްގެ އިޝާރާތެއް ދިން ނަމަވެސް ޒަކަބާގް ބުނީ އެފަދަ ފީޗާއެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ދެން ހުންނަ މީހާގެ އަބުރަށް އަރައިގަތުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުލިބޭނެ ކަމުގެ ޔަގީންކަން ގާއިމުކުރާނެ ކަމަށެވެ.

ފޭސްބުކަށް "ޑިސްލައިކް" ފީޗާ ތައާރަފްކުރުމުގެ ވިސްނުން ކުރިއަށް ނެރެފައިވާއިރު އެމީހުންގެ "ލައިކް" ފީޗާ ބޭނުންކޮށްގެން އާންމުންގެ ގިނަ މައުލޫމާތުތަކެއް އެއްކުރާ މައްސަލާގައި ފޭސްބުކަށް މިފަހުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާކަން ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ފޭސްބުކްގެ "ފޭކް ލައިކްސް" ގެ މަގްބޫލުކަމާއި ނުރައްކާތެރިކަމުގެ މައްސަލަ އަކީ މިހާރު މަޝްހޫރު މަޢުލޫއެކެވެ. ފޭސްބުކް "ލައިކްސް" ނަހަމަ ގޮތުގައި ބޭނުންކޮށް ޖަރީމާތައް ހިންގުމާއި އޮޅުވާލުން ވެސް ވަނީ އާންމުވެފަ އެވެ.

"ފޭކް ލައިކްސް" ވިއްކައިގެން ސޯޝަލް މީޑިއާގައި ވިޔަފާރިކުރާ މީހުންގެ އުނދަގޫ ބޮޑުވެގެން އެފަދަ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ފޭސްބުކް މިހާރު ވަނީ ނުކުމެފަ އެވެ. އެހެންވީމަ ފޭސްބުކުން "ޑިސްލައިކް" ތައާރަފްކުރަން އުޅެނީ މި ހުރިހާ ކަމަކަށް ހައްލު ހޯދުމަށް ކަމަށް ވެސް ވެދާނެ އެވެ.