ކުޅިވަރު

ޓީސީއިން ބަންގާޅުގެ ޗެމްޕިއަން ބަލި ކޮށްފި

Feb 18, 2017
1

ބަނގުލަދޭޝްގައި މިއަދު ފެށި ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުގައި، އެ ގައުމުގެ ލީގް ޗެމްޕިއަން އަބަހާނީ ލިމިޓެޑްގެ މައްޗަށް ކާމިޔާބު ހޯދައި، ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބު މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ޓީސީއިން މެޗު ކާމިޔާބު ކުރީ 1-0 ން ނެވެ.

އަބަހާނީގެ ކޯޗަކީ، ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކޯޗް ކޮރޭޝިއާގެ ޑްރެގޯ މަމިޗެވެ.

ޗިޓަގޯންގެ އެމްއޭ އަޒީޒް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ޓީސީ އިން ލަނޑު ޖެހީ، މެޗުގެ 16 ވަނަ މިނެޓް ގައެވެ.

އެ ޓީމަށް ލަނޑު ޖަހައިދިނީ، މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕާއި، ޕްރެޒިޑެންޓް ކަޕުގައި ސ. ފޭދޫ ޓީމުގައި، މޮޅު ކުޅުމެއް ދެއްކި، އިބްރާހިމް މަހުދީ ހުސައިން (އިއްބެ) އެވެ.

އަބްހާނީ ވަނީ، ފަސް ފަހަރަށް ބަނގުލަދޭޝްގެ ލީގްގެ ޗެމްޕިއަން ކަން ހޯދާފަ އެވެ.

މުބާރާތުގެ ފުރތަމަ މެޗުގައި މިއަދު، ދެކުނު ކޮރެއާގެ، ޕޮޗެއޮން ސިޓަޒަން އެފްސީ އާއި ކިރިގިސްތާންގެ އަގާލާ ކުޅުނު މެޗު ޕޮޗެއޮން ކާމިޔާބު ކުރީ 2-0 ން ނެވެ.