ވިޔަފާރި

ވިޔަފާރި ބަނދަރަށް އިތުރު 10 ކްރޭން ގެނެސްފި

Feb 20, 2017
3

ވިޔަފާރި ބަނދަރުގެ ހިދުމަތް ވަރުގަދަ ކުރަން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިތުރު 10 ކްރޭން ގެނެސްފި އެވެ.

އެމްޕީއެލްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، 10 ކްރޭން ގެނައުމާއެކު، ބޭރުން ކްރޭން ކުއްޔަށް ހިފައިގެން ހިދުމަތް ދިނުން ނިމުމަކަށް އަންނާނެ ކަމަށެވެ.

"މީގެ ސަބަބުން ކުންފުނީގެ މަސައްކަތްތައް މިހާރަށްވުރެ ވެސް ހަލުވި ވެގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެމްޕީއެލް އިން ދާދިފަހުން ވަނީ ވިޔަފާރި ބަނދަރަށް ބޭނުންވާ އިތުރު އުޅަނދު ތަކެއް ގެނެސް ބޭނުންކުރަން ފަށާފަ އެވެ.

އެ ކުންފުނިން ދަނީ 140 މިލިއަން ރުފިޔާ ހަރަދު ކޮށްގެން 22 އުޅަނދެއް ގެންނަން ޗައިނާގެ ސަނީ ކުންފުންޏާ ހަވާލުކޮށްފަ އެވެ. މީގެތެރޭގައި ހިމެނެނީ ހަ ރީސްޓިކާ އުޅަނދާއި 10 ޓްރެއިން ކެރޭނާއި ދެ ފޯކްލިފްޓް ޓްރަކާއި ހަތަރު އެމްޓީ ކޮންޓެއިނާ ހޭންޑްލާ އެވެ.

އެ ކުންފުނިން މި އުޅަނދުތައް ގެންނަނީ ޗައިނާގެ ސަނީ ކުންފުންޏާ ގުޅިގެންނެވެ. އަދި މީގެ ސަބަބުން ބޮޑު އަދަދެއްގެ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.