ކުޅިވަރު

ކުރީގެ ކެޕްޓަން ޝާހު އަށް ހާޓް އެޓޭކެއް ޖެހި ހޮސްޕިޓަލްގައި

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އިސްމާއީލް (ސާޔާ) އަށް ހާޓް އެޓޭކެއް ޖެހި އައިޖީއެމްއެޗްގެ އާޖެންޓް ކެއާ ސެންޓަރުގައި ދަނީ ފަރުވާ ދެމުން ނެވެ.

ފިޝަރިޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާރުގެ މަގާމު ފުރުއްވަމުން ގެންދަވާ ސާޔާ އަށް ހާޓް އެޓޭކް ޖެހުނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ.

އޭނާ ވަނީ، ކުރިން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުވެސް ފުރުއްވާފަ އެވެ. އަދި އޭނާ އަކީ ގައުމީ ކުޅިވަރު މަޖިލީހުގެ ވެސް މެންބަރެކެވެ.

އޭއެފްސީ، މެޗު ކޮމިޝަނަރުގެ ލައިސެންސް ވެސް އޮންނަ ސާޔާ ވަނީ ކުރިން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީގެ މަގާމުވެސް ފުރުއްވާފަ އެވެ.

ދެ ހާސް ތިން ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރާއްޖެ ކުޅުނު އިރު، ޓީމުގެ ކެޕްޓަނަކީވެސް އޭނާ އެވެ.