ޓޭބަލް ޓެނިސް އެސޯސިއޭޝަން ކަޕްގެ ފުރަތަމަ ޑިވިޝަންގެ އަންހެން ޗެމްޕިއަން ކަން އައިޝަތު ރަފާ ނާޒިމު އާއި ފިރިހެން ޗެމްޕިއަން ކަން ޒީސްތު ނަސީމު ހޯދައިފި އެވެ.
ރަފާ ޗެމްޕިއަން ކަން ހޯދީ ފައިނަލު ގައި، ޝިއުރާ ޝަރީފްގެ މައްޗަށް ސީދާ ހަތަރު ގޭމުން ކުރި ހޯދައިގެން ނެވެ.
ޒީސްތު ޗެމްޕިއަން ލަން ހޯދީ، ފައިނަލުގައި ލަންކާގެ ދިއުމެތު ވިރުސެނާގެ މައްޗަށް 4-3 ގޭމުން ކުރި ހޯދައި ގެން ނެވެ.
ރަފާ އާއި ޒީސްތު އަކީ ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްގެ ޗެމްޕިއަން ކަން ވެސް ހޯދި ދެ ކުޅުންތެރިން ނެވެ. އެ ދެކުޅުންތެރިން މިކްސް ޑަބަލްސް ކާމިޔާބު ކުރީ އައިޝަތު ފަދުވާ ރަޝީދާއި މޫސާ މުންސިފްގެ މައްޗަށް ކުރި ހޯދައިގެން ނެވެ.
މީގެ އިތުރުން ރަފާ ވަނީ، އޭނާގެ ޕެއާ ލައިސާ ފަތުހުﷲ އާއެކު 18 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަން ކަން ވެސް ހޯދާފަ އެވެ.
ފުރަތަމަ ޑިވިޝަން، އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މަރިޔަމް ޝަފީގް އާއި ޖުމާނާ ނިމާލެވެ. އެ ދެ ކުޅުންތެރިން ޗެމްޕިއަން ކަން ހޯދީ ފައިނަލުގައި އާމިނަތު ޝިއުރާ ޝަރީފާއި ފަދުވާގެ މައްޗަށް ކާމިޔާބު ހޯދައިގެން ނެވެ.
ފިރިހެން ޑަބަލްސް ޗެމްޕިއަން ޒީސްތު އާއި މައިޒަރު އާދަމް ޒާހިރު ހޯދީ ފައިނަލުގައި މުންސިފް އާއި ކުރީގެ އެއް ވަނަ ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ގެ މައްޗަށް ކުރި ހޯދައި ގެން ނެވެ.
ވެޓަރަންސްގެ ސިންގަލް ޗެމްޕިއަނަކީ ތާޅަފިލި އަލިބެ އެވެ. އޭނާ ސިންގަލްސް ޗެމްޕިއަން ކަން ހޯދީ އިބްރާހިމް ލަތީފުގެ މައްޗަށް ކާމިޔާބު ހޯދައިގެން ނެވެ.
ވެޓްރަންސް ޑަބަލްސް ފައިނަލުގައި ތާޅަފިލަ އަލިބެ އާއި މުހައްމަދު ޔާސިރުގެ ޕެއާ ކާމިޮޔާބު ހޯދީ އިބްރާހިމް ލަތީފު އާއި އަބްދުﷲ ޝަރީފްގެ މައްޗަށް ކާމިޔާބު ހޯދައިގެން ނެވެ. އެވެ.