ކުޅިވަރު

އެއް ވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީ އަށް!

Feb 23, 2017

ގުރޫޕް ސްތޭޖުގެ ފަހު މެޗުގައި، ދެކުނު ކޮރެއާގެ ޕޮޗެއޮން ސިޓެޒެން އެފްސީ އާ ދެކޮޅަށް އެއް ވަރުކޮށް، ސެމީގެ ޖާގަ ގުރޫޕްގެ އެއް ވަނައިގައި ކަށަވަރު ކޯށްފި އެވެ.

މެޗަށް ނިކުތް އިރު ވެސް ސެމީގެ ޖާގަ ކަށަވަރު ކޮށްފައިވާ ޓީސީ އިން ގުރޫޕް ސްޓޭޖު ނިންމާލީ ހަތް ޕއޮިންޓާ އެކު އެވެ. މަދި މެޗު އެއް ވަރުވުމުން، ލިބުނު އެއް ޕޮއިންޓާއެކު ފަސް ޕޮއިންޓް ހޯދައިގެން، ޕޮޗެއޮން ވެސް ވަނީ ސެމީގެ ޖާގަ ކަށަވަރު ކޮށްފަ އެވެ.

ދެ ވަނަ މެޗުން ކިރިގިސްތާންގެ އަލްގާ އަތުން ބަންގުލަދޭޝްގެ އަބްހާނީ މޮޅުވި ނަމަވެސް އެ ޓީމަށް ލިބޭނީ ހަތަރު ޕޮއިންޓެވެ.

މިއަދުގެ މެޗުގައި ޓީސީގެ ލަނޑު ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ކާމިޔާބު ކުރީ ކޯނެލިއަސް އެވެ.

ޕޮޗެއޮންގެ ލަނޑަކީ، އެޓީމަށް ލިބުނު ޕެނަލްޓީ އެއްގައި ތަނަވަސް ވިފުރސަތަުކުން ކާމިޔާބު ކުރި ލަނޑެކެވެ. ޕެނަލްޓީ ޖެހި ކުޅުންތެރިޔާ ޖެހި ބޯޅަ އަމާޒުވީ ގޯލް ދަނޑި އަށެވެ. އަދި ލަނޑު ޖެހީ، ދަނޑީގައި ޖެހިފައި ރީބައުންސަށް ނިކުތް ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެން ނެވެ.

ސެމީ ފައިނަލުގައި ޓީސީ ވާދަ ކުރަން ޖެހޭ ޓީމެއް އެނގެނީ، ގުރޫޕް ބީ ގައި މާދަމާ ކުޅޭ އެންމެ ފަހު މެޗު ތަކުން ނެވެ.