މީރާ

މީރާގެ ތިނަދޫ ގޮފި، ނައިބު ރައީސް ހުޅުވައި ދެއްވައިފި

Feb 25, 2017
3

ގދ. ތިނަދޫގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ގާއިމު ކުރި އެ އޮތޯރިޓީގެ ތިނަދޫ ގޮފި، މިއަދު ހުޅުވައިފި އެވެ.

މީރާގެ މި ގޮފި ތިނަދޫގައި ރަސްމީކޮށް ހުޅުވައި ދެއްވީ ތިނަދޫއަށް މިވަގުތު ވަޑައިގެން އުޅުއްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދެވެ. ނައިބު ރައީސް ޖިހާދުގެ އަރިހުގައި، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި، ތިނަދޫ ކައުންސިލްގެ ރައީސް ވެސް އެ ރަސްމިއްޔާތުގައި މިއަދު ބައިވެރިވަޑައިގެންނެވި އެވެ.