ކުޅިވަރު

އިބްރޮހިމޮވިޗްގެ ލަނޑުން ލީގް ކަޕް މެން ޔޫ އަށް

Feb 27, 2017

މެޗު އެއްވަރު ވެފައި ވަނިކޮށް، ޒަލްޓާން އިބޮރޮހިމޮވިޗް މެޗުގެ ފަހު ވަގުތުގައި ކާމިޔާބު ކުރި ލަނޑުން 3-2 ގެ ނަތީޖާއިން ސައުތުހެމްޓަންގެ މައްޗަށް ކާމިޔާބު ހޯދައި މެންޗެސްޓާ ޔުނައިޓަޑުން ލީގް ކަޕް ނުވަތަ އީއެފްއެލް ކަޕުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މެން ޔޫ މޮޅު ކޮށްދިން ލަނޑު ޒަލްޓާން ޖެހުމުގެ އިތުރަށް، މެޗުގައި މެންޔޫ އަށް ފުރަތަމަ ލީޑް ނަގައިދީނީވެސް އޭނާ އެވެ.

ފުރަތަމަ ލަނޑު އޭނާ ކަމިޔާބު ކުރީ، މެޗުގެ 19 ވަނަ މިނެޓް ގައި ލިބުނު ހިލޭ ޖެހުމަކުން ނެވެ.

ޔުނައިޓަޑްގެ ދެ ވަަނަ ލަނޑު 38 ވަނަ މިނެޓްގައި ކާމިޔަބު ކުރީ ޖެސީ ލިންގާޑް އެވެ.

ފުރަތަމަ ހާފު ނިމުގެ ކުރިން ސައުތުހެމްޓަން އިން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ކަމިޔާބު ކޮށްފަ އެވެ. އެޓީމުގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ، މަނޯލޯ ގެބިއަޑީނީ އެވެ.

ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 46 ވަނަ މިނެޓް ގައެވެ. ޔުނައިޓަޑާ އަރަ ހަމަ ކުރި ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހަފު ފެށިގެން ތިން ވަނަ މިނެޓް ތެރޭގަ އެވެ.

ޔުނައިޓަޑް މޮޅު ކޮށްދިން ލަނޑު އިބްރޮހިމޮވިޗް ކަމިޔާބު ކުރީ 87 ވަނަ މިނެޓް ގައެވެ.

މިއީ ޔުނައިޓަޑުން ލީގް ކަޕް ހޯދި ފަސް ވަނަ ފަހަރެވެ. އަދި މިއީ ޔުނައިޓަޑްގެ ކޯޗް ހޯސޭ މޮރީނިއޯ ލީގް ކަޕް ހޯދި ހަތަރު ވަނަ ފަހަރެވެ. އަދި އޭނާ ވަނީ ލީޑްސް ޔުނައިޓަޑްގެ ކުރީގެ ކޯޗް ބްރައިން ކްލޮފް އާއި ޔުނައިޓަޑްގެ ކުރީގެ ކޯޗް އެލެކްސް ފާގަސަންއާ އެއްވަރު ކޮށްފަ އެވެ.