ކުޅިވަރު

ކޭންގެ 100 ވަނަ ގޯލް: ވޯލްޑް ކްލާސް ސްޓައިކަރެއްތަ؟

Feb 27, 2017
1

ސްޓްރޯކް ސިޓީއާ ދެކޮޅަށް، ކާމިޔާބު ކުރި ހެޓްރިކްއާކު، ހެރީ ކޭން ވަނީ، ޓޮޓަންހަމްގައި 100 ލަނޑު ހަމަ ކޮށްފަ އެވެ. ކޭން ޖެހި ތިން ލަނޑާއެކު 4-0 މޮޅުވެ، ޓޮޓަންހަމް ވަނީ ތާވަލުގެ ދެ ވަނަ އަށް ޖެެހިލާފަ އެވެ. ޓޮޓަންހަމްގެ އަނެއް ލަނޑު ޖެހީ ޑޭލް އަލޭ އެވެ. ސިޒަންގެ ފުރަތަމަ ހާފްގައި ވެސް، ޓޮޓަންހަމްއިން ވަނީ ސްޓްރޯކް ކޮޅަށް ހަތަރު ލަނޑު ޖަހާފަ އެވެ.

ދަގާޑިއަންގެ ސްޕޯޓްސް ފީޗާ އެޑިޓަރު، ސަޗިން ނަކްރާނީ، އޭނާގެ ބޮލޮގްގައި ލިޔެފައިވާ ގޮތުގައި، ދުނިޔޭގެ އެންމެ ޓޮޕް ކްލާސް ސްޓައިކަރެއްގެ ކިބައިގައި ހުންނަން ޖެހޭ މެޗުއާރިޓީއަށް ކޭން ވާސިލު ވެފައިވާ ކަމަށެވެ. އަދި ޓޮޓޮންހަމްގެ ތާރީހްގައި ފެނުނު އެންމެ މޮޅު ސްޓައިކަރުންގެ ތެރޭގައި، ކޭން ހިމެނޭނެ ކަމަށް ނަކްރާނީ ބުނެފައި ވެއެވެ.

"ބައެއް މިހުން ބުނެފާނެ، ކޭން އަކީ އިންގެލެންޑްގެ އެންމެ ޓޮޕް ސްޓައިކަރެއް ނޫނޭ، އަހަރެން އެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން، ހިސާބުތައް ދޮގެއް ނުހަދާނެ، ވޭތުވެދިޔަ ތިން ސީޒަންގައި 20 ލަނޑު ޖެހި ހަމައެކަނި އިންގެލްންޑްގެ ސްޓައިކަރަކީ ކޭން،" ސަޗިން އޭނާގެ ބްލޮގްގައި ލިޔެފައި ވެއެވެ.

ރޭ، ހެދި ހެޓްރިކާއެކު ކޭންގެ މަގުބޫލުކަން، އިނގިރޭސި ފުޓްބޯޅަ އާއިލާގެ މެދުގައި ވަނީ ބޮޑު ވެފަ އެވެ. ސަތޭކަ ގޯލް ޖެހުމުން، ކޭން އަދިވެސް އުންމީދު ކޮށްގެން ހުރީ ކުރިއަށް އޮތް އަހަރު ތަކުގައި އަނެއްކާވެސް 100 ގޯލް ޖެހުމަށެވެ.

"އެވަރުގެ ރެކޯޑެއް ލިބުމަކީ ފާހަގަ ކުރަން ޖެހޭ ވަރުގެ ކަމެއް، ނަމަވެސް އަހަރެން އުންމީދު ކުރަނީ ކުރިއަށް އޮތް އަހަރު ތަކު ތެރޭ އަހަންނަށް އަނެއް 100 ލަނޑު ކާމިޔާބު ކުރެވޭނެ ކަމަށް،" ރޭ ސްޓްރޯކް ސިޓީއާ ދެކޮަޅަށް ކުޅުނު މެޗަށް ފަހު މީޑިއާ ވާހަކަ ދައްކަމުން، ކޭން ބުންޏެވެ.

ޓޮޓަންހަމްގެ ކޯޗް މައުރީޝިއޯ ޕޮޝެޓިނޯ ކޭން ސިފަ ކުރީ، މިހާރު ވެސް ޓޮޓަންހަމްގެ ލެޖެންޑެއްގެ ގޮތުގަ އެވެ.

"ފަހަރެއްގައި މިހާރުވެސް އޭނާ އަކީ ލެޖެންޑަކަށް ވެދާނެ، އެއީ އޭނާގެ ހުރިހާ ލަނޑު ތަކާއި އޭނާގެ ބިހޭވިއާ އަށް ބެލުމަށް ފަހު އެގޮތަށް ނިންމިދާނެ، އޭނާގެ ޕްރޮފިޝަނަލް ކަމާއި، ކޭން، ކޭން އަށް ވަނީ ކިހިނެކަން ބަލައިފިނަ، އޭނާގެ އެބައޮތް ވަރަށް ފުރިހަމަ ޕްރޮފައިލެއް ޓޮޓަންހަމްގެ ލެޖެންޑަކަށް ވާން،" ޕޮޝޭޓނިނޯ ބުންޏެވެ.

"އޭނާ އަކީ ދުނިޔޭގެ ބެސްޓް، އަހަރެން އޭނާ އާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ، އޭނާ އަކީ ވަރަށް ޕރޮފިޝަނަލް ކުޅުންތެރިޔެއް، އަހަންނަށް އެކަން ހައިރާން ކަމަކަށް ނުވޭ، އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ސްޓައިކަރު،"

ދެން އޮތީ އެހެން ވަހަކަ އެކެވެ. މި ވާހަކަ ފެންމަތިވީ ވެސް، ކޭންގެ ގޯލް ޖެހުމުގެ ހަލުވި ކަމައި އޭނާގެ، ފިނިޝިން ރަނގަޅު ކަމުން ނެވެ. އިނިގިރޭސި މިޑިއާތަކުން އުފެއްދީ ސުވަލެކެވެ. ޕްރިމިއާ ލީގްގައި އެންމެ ގިނަ ގޯލް ޖެހި، ކުޅުންތެރިޔާގެ ރެކޯޑް އޮތް، އިނގިރޭސި ފުޓްބޯޅަ ލެޖެންޑް އެލަން ޝިއެރާގެ ރެކޯޑް ކޭން އަށް މުގުރަ ލެވޭނެ ހެއްޔެވެ. ޝިއެރާ ވަނީ، ޕްރިމިއާ ލީގްގައި 260 ގޯލް ކާމިޔަބު ކޮށްފަ އެވެ.