ފިނިޕޭޖް

މިރޭ ފެނިގެންދާނީ އެންމެ އިންސްޕަޔަރިން ލަވަތައް!

މުޅި ގައުމު އެކަތި ކަނޑަކަށް ހަދާލާ އެންމެން ގުޅުވާލައިދިން ރިއަލިޓީ ޝޯ ފެށިގެން އެންމެ ފޯރި ގަދަ ހިސާބަށް މިހާރު މިއޮތޯ އާދެވިފަ އެވެ. ގަދަ 12 ޔަގީންވެ ގާލާ ރައުންޑު ފެށުނީ އެވެ. މިހާރު ހަމަ ޔަގީނުން ފޭވަރިޓެއް ހުންނާނީ ކަނޑައެޅި ނިމިފަ އެވެ. މިއޮތީ ފޭވަރިޓަށް އެސްއެމްއެސްކޮށް ފޭވަރިޓަށް ކުރިއަށްދާން އެހީތެރިވާންވީ އެވެ.

މިރޭ މިއޮތީ ގާލާ ރައުންޑެވެ. ކޮންމެ ބައިވެރިޔަކުވެސް ސޯލޯ ލަވައެއް މިރޭ ހުށަހަޅައިދޭނެ އެވެ. މިރޭގެ ތީމްވެސް ތަފާތެވެ. މިރޭގެ ތީމަކީ އެންމެ އިންސްޕަޔާވި މީހެއްގެ ނުވަތަ އިންސްޕަޔާވި ލަވަ އެކެވެ. އެކި ކުދިންގެ އިންސްޕިރޭޝަން ތަފާތުވާނެ އެވެ. އެޔެއް އެނގޭނީ މިރޭގެ ޝޯގަ އެވެ. "ފޭވަރިޓް"ގެ އިންސްޕިރޭޝަން އަކީ ކޮބައި ކަމެވެ. ފަހަރުގަ އެއީ އަބަދުވެސް ޖަހާ ލަވައަކަށް ވެދާނެ އެވެ. ނޫނީ ކުޑައިރުން ފެށިގެން އަބަދު ގޭތެރެއިން އިވޭ ލަވައަކަށްވެސް ވެދާނެ އެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ގަދަ 12 އަށް ދަތުރުކޮށްފައިވަނީ މުހައްމަދު ރީހާން، އިބްރާހިމް ވަހީދު، މުހައްމަދު ތަސްނީމް (ބޮބް)، މުހައްމަދު ހަމްދާން، ޝަޒާ އަބްދުﷲ ރަޝީދު އަދި ޝަމްވީލް މުހައްމަދު އެވެ. އަދި، އަހްމަދު ނަބީލް، ހަމޫދު އަހްމަދު، ހަސަން އިރުފާން، އަހްމަދު ފަރަޝް، އައިޝަތު ޖައިޝާ އަދި އަބްދުﷲ ހިޝާން އެވެ.

ބައިވެރިން މިރޭ ހުށަހަޅައިދޭ ލަވައް ތިން ޖަޖުން އިންސާފުކުރާނެއިރު ބެލުންތެރިންނަށް ވެސް މިރޭވެސް އެސްއެމްއެސް ކުރުމުގެ މި ފުރުސަތު ލިބިގެންދާނެ އެވެ. އެންމެ ހިތްކިޔާ ބައިވެރިޔަކަށް އެސްެއެމްއެސް ކުރުމުގެ ފުރުސަތު މިރޭގެ ޝޯ ފެށުމާއެކު މާދަމާގެ މެންދުރުފަހު ތިނެއްގެ ނިޔަލަށް އޮންނާނެ އެވެ. އެސްއެމްއެސް ކުރަން ޖެހެނީ MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްލާ، އެ ބައިވެރިޔަކަށް ދީފައިވާ ކޯޑު ޖެހުމަށްފަހު 303 ކަށެވެ. ކޮންމެ ނަންބަރަކުން ވެސް ގިނަ ވެގެން 50 އެސްއެމްއެސް ކުރެވޭނެއިރު އެސްއެމްއެސްއަކަށް ތިން ރުފިޔާ ޗާޖްކުރާނެ އެވެ. މި ވޯޓްގެ ކަންކަން ބެލުމަށް ހަވާލުކޮށްފައިވަނީ ކްރޯވް ހޮވަތް އެލްއެލްފީ އޮޑިޓް ފާމާ އެވެ.

މިރޭގެ ހުށަހެޅުމަށް ޖަޖުންދޭ މާކުހާއި ބެލުންތެރިންގެ އެސްއެމްއެސް އެއްކޮށްލުމުން އެންމެ ދަށުން ލިބޭ ބައިވެރިޔާއަށް މުބާރާތާއި ވަކިވާން ޖެހޭނެ އެވެ. އެލިމިނޭޝަން އޮންނާނީ މާދަމާ ރޭ އެވެ.