ކުޅިވަރު

ރެއާލްއަށް އިތުރު ހާސްކަން، ބޭލް ސަސްޕެންޑް ކޮށްފި

Mar 4, 2017

ލަސްޕަލަމްސްއާ ދެކޮޅަށް، ރެއާލް ކުޅުނު މެޗުގައި، ވޭލްސްގެ ގެރެތު ބޭލްއަށް ދެއްކި ރަތް ކާޑާއެކު، އޭނާ ދެ މެޗަށް ސަސްޕެންޑް ކުރުމަށް ސްޕެނިޝް ލީގްގެ، ކޮމްޕްޓީޝަން ކޮމިޓީން ނިންމައިފި އެވެ.

މެޗުގެ 46 ވަނަ މިނެޓްގައި، ބޭލް އަށް ރަތް ކާޑު ދެއްކީ، ކުޅުމުން ބޭރުގައި، ލަސްޕަލަމްސްގެ ޖޮނަތަން ވިއޭރާއާ ދެމެދު ހިނގި ކުރިމަތި ލުމެއްގަ އެވެ. ބޭލް ވަނީ ވިއޭރާގެ މޭގައި އަތުން ޖަހާ ވައްޓާލާފަ އެވެ. ރެފްރީ އޭނާ އަށް ދެއްކީ ސީދާ ރަތް ކާޑެކެވެ.

އެއީ ހަތަރަު މަހަށް ފަހު، ބޭލް ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ދެ ވަނަ މެޗެވެ. އޭނާ ރަތް ކާޑު ދެއްކުމުން، ދެ ވަނަ ހާފު އެއްކޮށް ކަހަލަ ގޮތަކަށް، ރެއާލް ކުޅުނު ދިހަ ކުޅުންތެރިންނާ އެކު އެވެ.

ތިނެއް - އެކަކުން ރެއާލް ފަހަތުގައި ވަނިކޮށް، ރެއާލް ބަލި ނުވެ ސަލާމަތްވީ މެޗުގެ އެންމެ ފަހު ދިހަ މިނެޓްގައި ރޮނާލްޑޯ ކާމިޔާބު ކުރި ދެ ލަނޑުން ނެވެ. އެމެޗުން މޮޅު ނުވެވުމުން ރެއާލް އަށް ވަނީ ތާވަލުގެ އެއް ވަނަ މަގާމު ގެއްލިފަ އެވެ.

އެއިބާ އާއި ރެއާލް ބެޓިސްއާ ދެކޮޅަށް، ރެއާލް ކުޅޭ މެޗުގައި، ބޭލް އަށް ނުކުޅެވޭނެ އެވެ.

ރެއާލް މެޑްރިޑުން ބުނީ، ދެ މެޗަށް ސަސްޕެންޑް ކުރުމުން، އެމައްސަލަ އިސްތިއުނާފް ކުރުމަށް، އިސްތިއުނާފް ކޮމިޓީއަށް ހުށަހަޅާނެ ކަމަށެވެ.