ކުޅިވަރު

ލާންގެވްނީ ޓީމުގައި އޮއްޕޮ ވިދާލައިފި

0%
0%
0%

ވޭލްސްގެ އެލިއަންސް ލީގްގެ ޑިވިޝަން އެކަކެއްގައި، ގްރީން ފީލްޑާ ދެކޮޅަށް އިއްޔެ ލާންގެވްނީ ޓައުން އެފްސީ މޮޅުކޮށް ދިނުމުގައި ރާއްޖޭގެ އެޓޭކިން މިޑްފީލްޑާ އިބްރާހިމް ފަޒީލް (އޮއްޕޮ) ދެއްކި މޮޅު ކުޅުމާއެކު ލާންގެވްނީގައި އޮއްޕޮގެ ވިދުން ގަދަ ވެއްޖެ އެވެ.

ގްރީން ފީލްޑާ ދެކޮޅަށް ކުޅުނު މެޗުގައި، ފަހަތުން އަރައި މޮޅުވުމުގައި އޮއްޕޮ ވަނީ، ލާންގެވްނީގެ އެޓޭކިން ވިންގްގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ޓީމުގެ ސެންޓާ ސްޓައިކަރުންނަށް ހަމަލާތައް އުފެއްދުމުގައި އޮއްޕޮ ވަނީ ގިނަ ޕާސްތަކެއް ފޯރު ކޮށްދީފަ އެވެ.

އެ ކުލަބުގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން، އޮއްޕެ ވަނީ ނުރައްކާތެރި ދެތިން ހަމަލާއެއް އުފެއްދުމަށް ހިއްސާވެ، ނުރައްކާތެރި ބޯޅައެއް ގްރީން ފީލްޑްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ. ނަމަވެސް އެބޯޅަ ދިޔައީ ގޯލް ދަނޑިއަށްވުރެ ކުޑަތަން ކޮޅެއް މަތިން ނެވެ.

މެޗް 1-1 އިން އްވަރުވެފައި ވަނިކޮށް 2-1 ގެ ނަތީޖާ އަކަށް ލާންގެވްނީ ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލި ލަނޑު ޖެހި، އެންތޮނީ ހިއުޖުސް އަށް ބޯޅަ ލިބުނީ އޮއްޕޮ ދިން ތުރޫ ޕާހަކުން ނެވެ. އެބޯޅަ އޮއްޕޮ ހޯދީ ގްރީން ފީލްޑް ކުޅުންތެރިޔެއްގެ އަތުގައި އޮއްވަ އެވެ.

އެ މެޗުގައި، އޮއްޕޮ ދެއްކި ކުޅުމާއެކު، އޭނާ އެ ޓީމުގެ ދާއިމީ ފުރަތަމަ އެގާރައިން ފުރުސަތު ދޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ލާންގެވުނީ މިހާރު ތައްޔާރު ވަމުން ދަނީ، ވޭލްސްގެ ފުޓްބޯލް އެސޯސިއޭޝަން ކަޕް (އެފްއޭޑަބްލިއު) ކަޕްގެ ސެމީފައިނަލު މެޗަށެވެ. މި އަންނަ ހޮނިހިރު ދުވަހު ކުލޭ ސެމީފައިނަލު މެޗުގައި، އެޓީމު ނިކުންނާނީ ޗެރިކް އޭއޭއޭ އާ ދެކޮޅަށެވެ. ނޮކައުޓް މެޗުތަކުގައި، ޓީމު މޮޅުކޮށް ދިނުމުގައި އަބަދުވެސް މުހިންމު ދައުރެއް އަދަ ކުރާ އޮއްޕޮ އަށް އެ މެޗުގައިވެސް ފުރަތަމަ އެގާރައިން ފުރުސަތު ދޭނެ ކަމަށް ބެލެވެއެވެ.

ގައުމީ ޓީމަށް ވެސް ގިނަ ކާމިޔާބުތަކެއް ހޯދައި ދިނުމުގައި މުހިންމު ހިއްސާއެއްވި އޮއްޕޮ ވަނީ، ސާފް ޗެމްޕިއަންޝިޕް 2003 ވަނަ އަހަރާއި 2008 ވަނަ އަހަރުވެސް، ރާއްޖެ ފައިނަލަށް ގެންގޮސް ދިނުމުގައި ސެމީ ފައިނަލު މެޗުގައި ލަނޑު ޖަހާފަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙަސަން ރަމީޒް

ޙިިިީ އިޒް މައި އޯޯލް ޓައިމް ފެވަރިޓް

ހެނާ

ވަރަށް އުފާވޭ އޮއްޕޮ އަށް މޮޅެއްލިބެންޏާ...އަބަދުވެސް ވަރަށް ލޯބިވާނަން..

ޙައިލާ

ސާބަހޭ އޮއްޕޮ. ޢަދިވެސް ތިވަރެއްނެއް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345