ޕާކިސްތާނުގެ ނެޝަނަލް ޔުނިވަސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ނަސްޓް) މެދުވެރިކޮށް ސަރުކާރު މުވައްޒަފުންނަށް ތައުލީމުގެ ފުރުސަތުތައް ހޯދައިދޭން އެ ޔުނިވާސިޓީއާއެކު ރާއްޖޭގެ ސިވިލް ސަވިސް ކޮމިޝަން (ސީއެސްސީ) އިން މަޝްވަރާ ކޮށްފި އެވެ.
ސީއެއްސީން ބުނީ އެ ކޮމިޝަނުގެ އިސްވެރިން ހިމެނި ވަޑައިގަންނަވާ ވަފުދެއް ޕާކިސްތާނަށް ކުރި ދަތުރުގައި ނަސްޓާއެކު މަޝްވަރާކޮށްފައި ވަނީ އެކި ދާއިރާތަކުން ސިވިލްސާވިސް މުވައްޒަފުން އިތުރަށް ތަމްރީނުކޮށް އުނގެނުމުގެ އިތުރު ފުރުސަތު ހޯދައި ދިނުމާއި މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމަށް ކަށެވެ. އަދި ބުނީ މީގެ ކުރިން ނަސްޓްގައި ދިވެއްސަކު ކިޔަވާފަ ނުވާތީ އެ ފުރުސަތު ދިވެހިންނަށް ދިނުމަކީ އެ ޔުނިވާސިޓީ ވެސް ވަރަށް ޝައުގުވެރިވާ ކަމެއް ކަމަށެވެ.
އަދި މީގެ އިތުރުން އެ ޔުނިވާސިޓީ އާ ރާއްޖެއާ ދެމެދު ރިސާޗުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.