އައްޑޫ ސިޓީ

މަރަދޫ ގެއެއްގެ ބަދިގޭގައި ރޯވެ ގެއްލުންވެއްޖެ

Mar 8, 2017

އައްޑު އަތޮޅު މަރަދޫގެ ގެއެއްގެ ބަދިގޭގައި އަލިފާން ރޯވެ ގެއްލުންތައް ވެއްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

ރޭ ދަންވަރު 1:20 ގައި އަލިފާން ރޯވީ މަރަދޫ، އަބުހަރީ މަންޒިލްގެ ބަދިގޭގެ އެވެ. އެ ގޭގެ ބަދިގޭގައި ރޯވި އަލިފާން ސިފައިންގެ ފަޔާ ފައިޓަރުންގެ މަސައްކަތުން ރޭ މެންދަމު 2:30 ގައި ނިއްވާލި އިރު ބަދިގެ އާއި ގެއަށް ވެސް ވަނީ ގެއްލުންތައް ލިބިފަ އެވެ.