ފެޝަން

ނައިކީން އަންހެނުންނަށް ހާއްސަ ހަދިޔާއެއް

Mar 8, 2017

ބައިނަލްއަގްވާމީ ގޮތުން އަންހެނުންގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު، ކުޅިވަރު ސާމާނު އުފައްދާ އެންމެ މަޝްހޫރު އެއް ބްރޭންޑް ނައިކީން މިވަނީ ބުރުގާ އެޅި އެތުލީޓުންނަށް ހާއްސަ ހަދިޔާ އެއް ދީފަ އެވެ.

ނައިކީން ބުނެފައިވަނީ އެ މަސައްކަތަށް އަހަރެއްހާ ދުވަސް ހޭދަވެފައިވާ ކަމަށެވެ. ކަޅާއި އަޅި ކުލަތަކުން ނެރެފައިވާ އެތުލީޓުންގެ ހިޖާބު ހެދުންތައް މާކެޓަށް ނެރެން ފަށާނީ 2018 ވަނަ އަހަރު އެވެ. މިއީ ސްޕޯޓްސް އެއްޗެހި އުފައްދާ ކުންފުންޏަކުން ބުރުގާ އެޅި އެތުލީޓުންނަށް ހާއްސަކޮށްގެން ސްޕޯޓުސް ވެއާ އެއް ނެރުނު ފުރަތަމަ ފަހަރެވެ.

ނައިކީން ބުނެފައިވަނީ "ނައިކީ ޕްރޯ ހިޖާބް" ގެ ސަބަބުން އެތުލީޓުންނަށް އެމީހުންގެ ހުނަރު ދައްކާލުމުގެ ގާބިލްކަށް ލިބިގެންދާނެ ކަމަށެވެ.

ނައިކީ ޕްރޯ ހިޖާބު މިހާރު ވަނީ ޓެސްޓު ކޮށް ފޮޓޯތައް ދައްކާލާފަ އެވެ.