ޕެންޝަން އޮފީސް

ޕެންޝަން ސްކީމްގެ ކަސްޓޯޑިއަންގެ ހިދުމަތްދޭނެ ފަރާތެއް ހޯދަނީ

Mar 11, 2017
4

ޕެންޝަން ސްކީމް ކަސްޓޯޑިއަންގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތައް ހޯދަން ނިންމައި އެކަމަށް އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި އެވެ.

ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ކަސްޓޯޑިއަން އަށް ކުރިމަތިލުމަށް އަންނަ މަހުގެ ދެވަނަ ދުވަހު ރަސްމީގަޑީގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހެ އެވެ. މިއީ ގާނޫނުގައިވާ ގޮތުގެ މަތިން ސީއެމްޑީއޭގެ ގެ ހުއްދަ އޮންނަ ފަރާތަކަށް ދެވޭ ހިދުމަތެކެވެ.

ޕެންޝަން ފަންޑުގައި 127،000 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރަނީ 87،000 މީހުންނެވެ. ފަންޑުގައި 936 މިލިއަން ރުފިޔާ އެބަހުއްޓެވެ.