ކުޅިވަރު

ބާސާ ބަލިވެ، ރެއާލް އަލުން އެކަކަށް

Mar 13, 2017

ޑިޕޯޓިވޯ ލަކަރޫނިއާ އަތުން 2-1 ނަތީޖާ އަކުން، މޮޅުވެ އެއް ވަނައިގައި އޮތް ބާސެލޯނާ ބަލިވެ، އެއް މެޗު މަދުން ކުޅެ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑް، ރެއާލް ބެޓިސް އަތުން 2-1 އިން މޮޅުވުމުން ތާވަލުގެ އެއް ވަނަ މަގާމު ރެއާލަށް ލިބިއްޖެ އެވެ.

ރޭ އަމިއްލަ ދަނޑުގައި، ޑިޕޯޓިވޯ ބާސެލޯނާ އާ ދެކޮޅަށް ކުޅުނު މެޗުގައި، އެޓީމުގެ ލިޑް ނެގީ، ހޮސެލޫ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 40 ވަނަ މިނެޓް ގަ އެވެ.

ފުރަތަމަ ހާފު ފެށިގެން ފުރަތަމަ މިނެޓް ތެރޭގައި، ލުއިސް ސުއަރޭޒް ވަނި، ބާސާ އަށް ނަތިޖާ ހަމަހަމަ ކޮށްދީފަ އެވެ.

ނަމަވެސް، 74 ވަނަ މިނެޓްގައި، އެލެކްސް ބާގެންޓީނޯ ވަނީ، ޑިޕޮޓިވޯ މެޗުން މޮޅު ކޮށްދިން ލަނޑު ކާމިޔަބު ކޮށްފަ އެވެ.

ބެޓިސް، އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ރެއާލްގެ މެޗުގައި ފުރަތަމަ ލީޑް ނެގީ، ބެޓިސް އިންނެވެ.

އެޓީމުގެ ލަނޑު 24 ވަނަ މިނެޓް ތެރޭގައި، ކާމިޔާބު ކުރީ އެންޓޯނިއޯ ސަނާބްރިއާ، އޭނާ އެބޯޅަ ފޮނުވާލުމުން، ރެއާލްގެ ކީޕަރު ނާވަސް ދިފާއު ކުރި ނަމަވެސް، އެ ބޯޅަ ގޯލަށް ވަނި އޭނާގެ އަތުން ދޫވެގެން ނެވެ.

އޭގެ ކުރިން، މެޗުގެ 21 ވަނަ މިނެޓްގައި، ބެޓިސްގެ ޑާކޯ ބްރަސާނަކް ބޯޅަ ހިފައިގެން ރެއާލްގެ ޕެނަލްޓީ އޭރިއާއަށް ވަންނަން އުޅެނިކޮށް، ނާވަސް ބޭރަށް ނިކުމެ ވަނީ ބްރަސާނަކް އަށް ހުރަސް އަޅައި އޭނާ އަށް އެބޯޅަ ގެއްލުވާލާފަ އެވެ. އަދި ނާވަސް ގައިގައި ޖެހިފައި، އެ ބްރަސާނަކް ވެއްޓުމުން، އޭނާ އަށް ހުރަސް އެޅި ކަމަށް ބަލައި ނާވަސް އަށް ރަތް ކާޑް ދައްކަން ޖެހެ އެވެ.

ނަމަވެސް، މެޗުގެ ރެފްރީ، އެންޓޯނިއޯ މެޓިއު ނިންމީ، އެތަނުގައި ފައުލެއް ނުހިނގާ ކަމަށެވެ.

ރެއާލް މެޗުން މޮޅުކޮށްދިން ލަނޑު ކާމިޔާބު ކުރީ، ޓޯނީ ކްރޫޒް ނެގި ކޯނަރެއްގައި، ސާޖިއޯ ރާމޯސް ބޮލުން ކަމިޔާބު ކުރި ލަނޑުންނެވެ.