ކުޅިވަރު

ކަންޓޭ ލަނޑު ދިނީ މިފަހަރުވެސް ޔުނައިޓަޑަށް

Mar 14, 2017

އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި، އެންގޯލާ ކަންޓޭ ޗެލްސީ އަށް ކާމިޔާބު ކޮށްދިން ދެވަނަ ލަނޑާއެކު، މެންޗެސްޓާ ޔުނައިޓަޑްގެ މައްޗަށް ކާމިޔާބު ހޯދައި ޗެލްސީ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ކަންޓޭ، ޗެލްސީ އަށް މިހާތަނަށް ޖެހި ދެލަނޑުވެސް އޭނާ ކާމިޔާބު ކުރީ ޔުނައިޓަޑް ކޮޅަށެވެ.

ސަސްޕެންޝަންގެ ސަބަބުން، ޔުނައިޓަޑްގެ އެންމެ މުހިންމު ކުޅުންތެރިޔާ، ޒްލަޓާން އިބްރަހިމޮވިޗް ނުލާ ކުޅުނު މެޗުގައި، ޗެލްސީ ލަނޑު ޖެހި ފަހުންވެސް، މެން ޔޫގެ މާކަސް ރެޝްފާޑް އަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފަ އެވެ.

ޒްލަޓާންގެ އިތުރުން، މެންޔޫ ކުޅުނީ، ކެޕްޓަން ވޭން ރޫނީ އާއި އެންތޮނީ މާޝިއަލް ވެސް ނުލަ އެވެ.

މީގެ އިތުރުން އެޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ، މެޗުގެ 35 ވަނަ މިނެޓްގައި، ހަޒާޑް އަށް ކުރި ފައުލާ ގުޅިގެން ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމެވެ.

ޔުނައިޓާޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނީ، މެޗު އެނބުރިގެން ދިޔަ ހިސާބަކީ އެއީ ކަމަށެވެ.

ސެމީ ފައިނަލު މެޗުގައި ޗެލްސީ ވާދަ ކުރާނީ، ޓޮޓަންހަމްއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. ދެ ވަނަ ސެމީ ފައިނަލު މެޗުގައި ވާދަ ކުރާނީ އާސެނަލް އާއި މެންޗެސްޓާ ސިޓީ އެވެ. އެ މެޗު އޮންނާނީ 23 ވަނަ ދުވަހު އެވެ.