ކުޅިވަރު

ލެސްޓާ އާއި ޔުވެސްޓާސް ކްއާޓާ ފައިނަލަށް

Mar 15, 2017

ދެ ވަނަ ލެގްގައި، ސެވިއްޔާގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ލެސްޓާ ސިޓީއިން ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވުމުން، ލެސްޓާ ފައިނަލަށް ދަތުރު ކުރީ، ސެވިއްޔާ ދަނޑުގައި ކުޅުނު މެޗުން ބަލިވި ނަމަވެސް، އެމެޗުގައި ކާމިޔާބު ކުރި ގޯލާއެކު 3-2 ގެ އެގްރިގޭޓް ނަތީޖާ އަކުން ނެވެ. އެ ޓީމު ފުރަތަމަ ލަނޑު 27 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ވެސް މޯގަން އެވެ. އޭނާ ލަނޑު ޖެހީ، ފްރީ ކިކަކުން ތަނަވަސްވި ބޯޅަ އަކުން ނެވެ. ދެ ވަނަ ލަނޑު 55 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މާކް އެލްބްރިންގްޓޮން އެވެ.

މެޗުގެ 74 ވަނަ މިނެޓްގައި ސެވިއްޔާގެ ސާމިރު ނަސްރީ އަށް ވަނީ ދެ ވަނަ ރީނދޫ ކަޑާއެކު، ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

މެޗުގެ 80 ވަނަ މިނެޓްގައި، ސެވިއްޔާ އަށް ވަނީ އެގްރިގޭޓް ނަތީޖާ ހަމަހަމަ ކުރުމަށްޓަކައި، ޕެނަލްޓީ އެއް ލިބިފަ އެވެ. ނަމަވެސް ސްޓިވަން ޒޮންޒީ ފޮނުވަލި ޕެނަލްޓީ ލެސްޓާގެ ކީޕަރު ކަސްޕާ ސްމައިކަލް ވަނީ ދިފާއު ކޮށްފަ އެވެ.

ރޭ ޕޯޓޯ އާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗް އަމިއްލަ ދަނޑުގައި ކާމިޔާބު ކުރީ، 1-0 ން ނެވެ. އެޓީމުގެ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ޕައުލޯ ޑީބާލާ އެވެ. ޕޯޓޯގެ ދަނޑުގައި ކުޅުނު މެޗް ޔުވެންޓަސް 2-0 ން ކާމިޔާބު ކުރުމުން، އެޓީމު ކްއާޓާ ފައިނަލަށް ދިޔައީ، 3-0 ގެ އެގްރިގޭޓް ނަތީޖާ އަކުން ނެވެ.

ލެސްޓާ ދެ ވަނަ ބުރަށް ދިއުމާއެކު، އެޓީމު ވަނީ، ރެއަލް މެޑްރިޑާއި ބަޔާން މިޔުނިކާއި ބާސެލޯނާ އަދި ޔުވެސންޓަސް އާއެކު، ފްރާންސްގެ ނިއޔޯން ގައި އޮންނަ ކްއާޓާ ފައިނަލުގެ ގުރުލުމަށް ދަތުރު ކޮށްފަ އެވެ. ކްއާޓާގެ އަނެއް ދެ ޖާގަ އަށް ވާދަ ކުރާނީ، މެންޗެސްޓާ ސިޓީ އާއި އެތުލެޓިކޯ މެޑްރިޑެވެ.

މެންޗެސްޓާ ސިޓީ މިރޭ ރަށުން ބޭރުގައި ނިކުންނާނީ، މޮނަކޯއާ ދެކޮޅަށެވެ. އެތުލެޓިކޯ މެޑްރިޑް އަމިއްލަ ރަށުގައި ނިކުންނާނީ، ބަޔާން ލެވަކޫސަންއާ ދެކޮޅަށެވެ.