ކުޅިވަރު

ޗެމްޕިއަންސް ލީގް ސިޓީއަށް މިފަހަރު ކާމިޔާބު ކުރެވިދާނެ!

Mar 15, 2017

މި ސީޒަންގެ ޔޫއެފްއާ ޗެމްޕިއަންސް ލީގް މެންޗެސްޓާ ސިޓީ އަށް ކާމިޔާބު ކުރެވޭނެ ކަމާމެދު، އެ ޓީމުގެ ކޯޗް ޕެޕް ގާޑިއޯލާ ޝައްކެއް ނުކުރެ އެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި، ސިޓީގައި މިހާރު ބިނާވެފައި އޮތް، އެޓޭކިން ފުޓްބޯޅަ ސިސްޓާމާއެކު، ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މީގެ ކުރިން، ގާޑިއޯލާ ވަނީ، ޗެމްޕިއަންސް ލީގް، މެންޗެސްޓާ ސިޓީ އަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ އަށް ނެތް ކަމަށް ބުނެފަ އެވެ. އަދި އެކަން ކުރާނަމަ އެކަން ކުރަން ޖެހޭނީ ވަރުގަދަ ބާރަކުން ކަމަށް އިއްތިހަދު ސްޓޭޑިއަމްގައި ފްރާންސްގެ މޮނާކޯ އާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، ގާޑިއޯލާ ބުންޏެވެ.

މިރޭ ގާޑިއޯލާ ނިކުންނާނީ މޮނާކޯއާ ދެކޮޅަށް، ދެ ވަނަ ބުރުގެ ދެ ވަނަ ލެގް މެޗުގައެވެ. މިހާރު ގާޑިއޯލާގެ ވާހަކަ ބަދަލު ވެއްޖެ އެވެ. ޗެމްޕިއަންސް ލީގް މިހަރު އޮތީ، މެން ސިޓީގެ ދޮރުގެ ކުރި މަތީގަ އެވެ.

"އަހަރެމެންނަށް، މި އެޓޭކިން ފޯސްއާ އެކު، ޗެމްޕިއަންސް ލީގް ކާމިޔާބު ކުރެވޭނެ، އަހަންނަކަށް ނުފެނޭ ވަކި ބަޔަކާ ޖެހިގެން އަހަރެމެންނަށް މިކަން ނުވާންވީ އެއްވެސް ޓީމެއް، އަހަރެމެން ޗެމްޕިއަންސް ލީގް ބާސެލޯނާއާ އެކު ކާމިޔާބު ކުރިން، އަދި ބަޔާން މިޔުނިކާއެކު ސެމީ ފައިނަލާ ހަމަޔަށް އައިން އެގޮތަށް ބަލާއިރު، އަހަރެމެންނަށް މެންޗެސްޓާ ސިޓީގައި މިކަން ނުވާންވީ ސަބަބެއް ނެތް،" ގާޑިއޯލާ ބުންޏެވެ.

މިރޭ މޮނާކޯއާ ދެކޮޅަށް ކުޅޭ މެޗޭ ބަހޭގޮތުން، ބުނީ، މޮނާކޯ އަކީވެސް، މެންޗެސްޓާ ސިޓީ ގޮތަށް ވަރުގަދަ އޭޓެކިން ގޭމެއް ކުޅޭން މަސައްކަތް ކުރާ ޓީމެއް ކަމަށާއި މިރޭގެ މެޗަކީ ވަރުގަދަ މެޗަކަށް ވެގެންދާނެ ކަމަށެވެ. މީގެ ކުރިން އަމިއްލަ ދަނޑުގައި ކުޅެ، ސިޓީ މޮޅުވީ 5-3 ގެ ނަތީޖާ އަކުން ނެވެ.

ގާޑިއޯލަ ބުނީ އަތުގައި އިން ދެ ލަނޑުގެ ލީޑަށް ވިސްނައިގެން ސިޓީ ކުޅެން އުޅެފިނަމަ ލަނޑު ލިބޭނެ ކަމަށެވެ. ސިޓީއިން ވިސްނަން ޖެހޭނީ، މޮނާކޯގެ ދަނޑުގައި ވެސް ފަސް ލަނޑު ޖަހައިގެން މޮޅުވުމަށް ކަމަށެވެ.