ކުޅިވަރު

މެން ސިޓީ ކަޓައި، އެތުލެޓިކޯ ކްއާޓާއަށް

Mar 16, 2017

މޮނާކޯއާ ދެކޮޅަށް، ރަށުން ބޭރުގައި ކުޅުނު މެޗް 3-1 ން ބަލިވެ، 6-6 ގެ އެގްރިގޭޓް ނަތީޖާއިން އެއްވަރުވުމުން، އަވޭގޯލްގެ ފައިދާއިން މެންޗެސްޓާ ސިޓީ ކަޓުވާލުމަށްފަހު، ފްރާންސްގެ މޮނާކޯ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މޮނާކޯ ކުއަޓާ ފައިނަލަށް ދަތުރު ކުރީ، ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ތިން ލަނޑު ޖަހާފައި ވުމުން ނެވެ.

މެޗު ފެށިގެން އަށް ވަނަ މިނެޓްގައި، މޮނާކޯއިން ވަނީ ލީޑް ނަގާފަ އެވެ. އެ ލަނޑު ކާމިޔާބު ކުރީ ކިލިޔަން ބާޕޭ އެވެ.

މޮނާކޯގެ ދެ ވަނަ ލަނޑު 29 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކެންޑީ ތަނަވަސް ކޮށްދިން ފުރުސަތަކުން ފަބީނިއޯ އެވެ.

މޮނާކޯއިން އެ ދެ ލަނޑު ޖެހުމުން، ސިޓީއިން މެޗުގެ އެގްރިގޭޓް ނަތީޖާ އަލުން އެއްވަރުވި އެވެ.

ނަމަވެސް، 71 ވަނަ މިނެޓްގައި ލިއޮރީ ސަނޭ ވަނީ، ޗެލްސީގެ ލިއޮރީ ސޭން ވަނީ ސިޓީ އަށް، އެގްރިގޭޓް ނަތީޖާއިން ލީޑް ނަގައި ދީފަ އެވެ.

ސީޓީ އަށް ލީޑް ގައި އޮވެވުނީ އެންމެ ހަ މިނެޓެއް ހާއިރު އެވެ. މެޗުގެ 77 ވަނަ މިނެޓްގައި، މޮނާކޯ އަށް އެގްރިގޭޓް ނަތީޖާ ހަމަހަމަ ކޮށްދިނީ ބަކަޔޯކާ އެވެ.

މިއީ ޗެމްޕިއަންސް ލީގްގެ ނޮކައުޓް ބުރުގައި، އެންމެ ގިނަ ލަނޑު ފެނިގެން ދިޔަ ދެ ބުރެވެ. ދެ ލެގް މެޗުން ޖުމުލަ 12 ލަނޑު ފެނިގެން ދިޔަ އެވެ.

އެތުލެޓީކޯ، ބަޔާން ލެވަކޫސަންއާ ދެކޮޅަށް ރޭ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އެތުލެޓިކޯ ކުއާޓާ އަށް ދަތުރު ކުރީ ފުރަތަމަ ލެގް މެޗު 4-2 މޮޅުވެފައި ވުމުން ނެވެ.