ކުޅިވަރު

ކުއާޓާ ފައިނަލް: އެލްކްލެސިކޯގެ ކުރިމަތި ލުމަކަށް ވެދާނެ؟

Mar 16, 2017
1

މީއީ ސްޕެއިންގެ ތިން ޓީމު، ރެއާލް މެޑްރިޑް، ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް، ކްއާޓާ ފައިނަލުގައި ވާދަ ކުރާތާ ޖެހިޖެހިގެން ހަތަރު ވަނަ ސީޒަނެވެ. ޗެމްޕިއަންސް ލީގް މިދިޔަ، ހަތަރު އަހަރުގެ ތާރީހަށް ބަލާއިރު، އެންމެ ރަނގަޅު ރެކޯޑެއް އޮތް ހަތަރު ޓީމުގެ ތެރޭގައި، މި ތިން ޓީމު ހިމެނެ އެވެ.

ފްރާންސްގެ ނިއޯންގައި، ޗެމްޕިއަންސްލީގްގެ ކުއާޓާ ފައިނަލުގެ ގުރު އަތުލުން، މަދަމާ އޮންނާނެ އެވެ. ގުރުއަތު ލުމާ، ގުޅިގެން، އެކި މީޑިއާތަކުން އެކި ގޮތްގޮތަށް ހިސާބު ޖަހައި އުޅެއެވެ. މިތިން ޓީމާއެކު ދެން އޮތް އަނެއް ހަތަރު ޓީމަކީ، ޖަރުމަންގެ ބަޔާން މިޔުނިކް، ބްރޫޝިއާ ޑޯޓަމަންޑްއާއި އިޓަލީގެ ޔުވެންޓަސް އާއި އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީގެ އިތުރުން، ފްރާންސްގެ މޮނާކޯ އެވެ.

ކްއާޓާ ފައިނަލުގައި އެންމެ ފޯރިގަދަ ވާނެ ކުރިމަތިލު މަކަށް ވެގެންދަނީ ރެއާލް އާއި ބަސާ ބައްދަލު ކުރަން ޖެހިއްޖެނަމަ އެވެ. ފުޓްބޯޅަ ސަޕޯޓަރުން ބޭނުން ވަނީ އެގޮތެވެ. އެހެން ވެއްޖެނަމަ، އެއް މަސް ދުވަހުގެ ތެރޭ، ތިން އެލްކްލެސިކޯ މެޗް، ފުޓްބޯޅަ ސަޕޯޓަރުންނަށް ބަލާލަން ލިބޭނެ އެވެ.

މިދިޔަ ތިން އަހަރު ތެރޭ، ފައިނަލު ރައުންޑުގައި ސްޕެނިޝްގެ މި ތިންޓީމުގެ ތެރެއިން ކޮންމެވެސް ދެޓީމެއް ބައްދަލު ކުރަން ޖެހެ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ރެއާލް އާއި އެތުލެޓިކޯ އެވެ. އަދި ދެހާސް ސާދަ ވަނަ އަހަރުވެސް މި ދެޓީމެވެ. އެ ފަހަރު އެތުލެޓިކޯ އަށް ސެމީ ފައިނަލުގައި ޖެހުނީ، ބަސެލޯނާ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު، ކުއާޓާ ފައިނަލުގައި ރެއާލް އާއި އެތުލެޓިކޯގެ ކުރިމަތި ލުމެވެ.

މިދިޔަ ހަތަރު އަހަރުގެ ފައިނަލު ބުރުގެ ކުރިމަތިލުންތަަކަށް ބަލާފައި، މިފަހަރުވެސް، ސްޕެއިންގެ ދެ ޓީމެއް ކުރިމަތިލާން ޖެހޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެއީ ބާސެލޯނާ އާއި ރެއާލް ކަމަށް ވުން ވަރަށް ގާތެވެ.

ސްޕެއިންގެ މާސާގެ އަންދާޒާ ތަކުން ދައްކާ ނަތީޖާ އަކީ، އެލް ކްލެސިކޯގެ ކުރިމަތިލުމަކަށް ވޭދާނެ ކަމަށް 42.86 ޕަސަންޓް ފުރުސަތު އެބައޮތެވެ. އެކަމަކު އެހެން ނުވެދާނެެ ކަމުގެ ފުރުސަތު މާ ބޮޑެވެ. 51.14 ޕަސްންޓް ފުރުސަތު އޮތީ، އެހެން ނުވެދާނެ ކަމަށެވެ.

ނަމަވެސް، އެހެން ވާން އުޅޭ ކަމަށް، ރެއާލް އާއި ބާސާ އަށް ވެސް ހީވެއެވެ. އަދި ޔޫއެފްއާއިން އެ މަޅި ޖައްސާފާނެ ބާވައެވެ. ސޯޝަލް މިޑިއާގައި އެނބުރޭ ވާހަކަތައް ބުނާ ގޮތުން ޔޫއެފްއާގެ މައްޗަށް ވެސް އެތުހުމަތު އެބައޮތެވެ. ރެއާލް އާއި ބާސާގެ ކުރިމަތި ލުމަކަށް ވެއްޖެނަމަ، އެ މެޗުގެ ޓިކެޓް ވިއްކައިގެން އެކަނިވެސް، ޔޫއެފްއާ އަށް ބޮޑު ފައިދާ އެއް ލިބޭނެ އެވެ. އެހެންވެ އެވާހަކަ ކުށްހީ އަކަށްވެސް ހަދާލެވޭކަށް ނެތެވެ.