ކްރިމިނަލް ކޯޓް

ކުރިމިނަލް ކޯޓުގެ އިންޒާރަށް އެމްޑީޕީ ފާޑުކިޔައިފި

ކުރިމިނަލް ކޯޓު - އަހުމަދު ޝުރާއު \ އަވަސް
0%
0%
0%

ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ބައެއް ނޫސްވެރިން ލިޔުންތައް ލިޔަމުންދާ ކަމަށް ބުނެ އެކަން ނުކުރަން އަންގާ ކުރިމިނަލް ކޯޓުން ނެރުނު ބަޔާނަށް އިދިކޮޅު އެމްޑީޕީން ފާޑިކިޔައިފި އެވެ.

ކުރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަޔާނުގައި ޓަރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ލިޔާ ލިޔުންތައް ލިޔުން ވަގުތުން ހުއްޓާލުމަށް އަންގާފައި ވެއެވެ. އަދި އެފަދަ ލިޔުންތައް ލިޔާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ކޯޓްގެ އެންގުމަށް ފާޑުކިޔައި އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނީ، ކުރިމިނަލް ކޯޓުގެ ނޫސްބަޔާނަކީ ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއްގެ މައިގަނޑު އެންމެހާ އަސާސްތަކާއި އިހުތިސާސުން ބޭރުވެ، ނެރެފައިވާ މިނިވަންކަމާއެކު ނޫސްވެރިކަން ކުރާ ފަރާތްތަކަށް ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ. ކޯޓުތަކަކީ އެ ކޯޓުތަކަށް ހުށަހެޅިގެން ފައިސަލާކޮށް ބެލެވޭ މައްސަލައެއްގެ އިތުރަށް އަމިއްލައަށް ބަސްބުނެ ގޮތް ކިޔަން ހުންނަ ތަންތަނެއް ނޫން ކަމަށެވެ.

"... ނޫސްވެރިންނަށާއި ރައްޔިތުންނަށް އިންޒާރުދީ މިފަދަ ނޫސްބަޔާން ކްރިމިނަލް ކޯޓުން ނެރުމަކީ ޖުޑީޝަރީގެ މިނިވަންކަން ގެއްލި، އިތުބާރު އިތުރަށް ގެއްލިދާ ކަމެކެވެ. ކޯޓުތަކުގެ ގަދަކަމަކީ ކޯޓުތަކަށް ހުށަހެޅި ފައިސަލާ ކުރެވިފައިނުވާ ކަންކަމުގައި އަމިއްލަ ގޮތްތައް ނިންމައި އިންޒާރުގެ ނޫސްބަޔާން ނެރުމެއް ނޫނެވެ. އެއާ ހިލާފަށް ކޯޓުތަކުގެ ގަދަ ކަމަކީ ރައްޔިތުންގެ އިތުބާރު ހޯދުމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345