އަނިޔާގެ ސަބަބުން މި ވަގުތު ކުޅުމާ ދުރުގައި ހުރި ބެލްޖިއަމްގެ މިޑްފީލްޑަރު އެޑިން ހަޒާޑްގެ ބަދަލުގައި ބެލްޖިއަމްގެ ގައުމީ ޓީމަށް އޭނާގެ ކޮއްކޮ ތޯގަން ހަޒާޑް ނަގައިފި އެވެ.
އަނިޔާގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ޗެލްސީ ކުޅުނު މެޗުގައި ހަޒާޑް ނުކުޅެ އެވެ. އަދި ވޯލްޑް ކަޕް ކޮލިފައިންގައި ގްރީސްއާ ދެކޮޅަށް ބެލްޖިއަމް ކުޅޭ މެޗާއި ރަޝިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗު ވެސް ހަޒާޑަށް ގެއްލޭނެ އެވެ.
ހަޒާޑަށް ނުކުޅެވޭތީ ބެލްޖިއަމް ޓީމަށް ނެގި އޭނާގެ ކޮއްކޮ ތޯގަން އަކީ ޖަރުމަންގެ ބޮރޫޝިއާ މޮންޗެންގްލެޑްބެކަށް ކުޅެމުންދާ މިޑްފީލްޑަރެކެވެ.